ދުނިޔެ

ނަތަންޔާހޫ ބޫޓަކަށް ކައިއެއްޗެހި އަޅާފައި ޖަޕާނުގެ ބޮޑު ވަޒީރަށް ކާންދިނުމުން ފާޑުކިޔުން

ޔަހޫދީ ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖަޕާނުގެ ބޮޑު ވަޒީރުގެ ޝަރަފުގައި ބޭއްވި ފަރިއްކޮޅެއްގައި ބޫޓަކަށް ކައި އެއްޗެހި އަޅާފައި ހުރުމުގެ ސަބަބުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

މިދިޔަ ހަފްތާގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި އަނބިކަނބަލުންނަށް ނަތަންޔާހޫ ބޭއްވި ފަރިއްކޮޅުގައި ، އެފަރިއްކޮޅަށް ތައްޔާރުކޮށްފައިހުރި ޑެޒާޓްހުރީ ދަގަނޑުން ތައްޔާރު ކޮށްފައިހުރި ބޫޓަކަށް އަޅާފައެވެ.

މި ފަރިއްކޮޅު ތައްޔާރުކުރި ޝެފް، އިންސްޓަގްރާމްގައި މިފޮޓޯތައް އާއްމުކުރުމާއެކު ގިނަ ބަޔަކުވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެގޮތުން ފަރިއްކޮޅު ތައްޔާރުކުރި ޝެފަކީ ޤަމާރެއް ކަމަށާއި މިކަމަކީ ޖަޕާނުގެ ބޮޑު ވަޒީރަށް ކުރި ބޭއިޚްތިރާމެއް ގޮތުގައި މީހުން ކޮމެންޓް ކޮށްފައި ހުއްޓެވެ.

"ދެންފަހަރަކުން އިޒްރާއިލްގެ ބޮޑުވަޒީރު ޖަޕާނަށް ދިއުމުން އޭނާއަށް ޗޮކްލެޓް ކާންދޭންވާނީ އޫރެއްގެ ބައްޓަމަށް ތައްޔާރު ކޮށްފައި" ކޮމެންޓްކުރި މީހަކު ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ކުރިން ޖަޕާނުގައި މަސައްކަތްކުރި އިޒްރާއިލްގެ ޑިޕްލޮމޭޓަކުވެސްވަނީ ޖަޕާނުގެ ޘަޤާފަތާއި ބަލާއިރު މިކަމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ގޮތުގައި ސިފަކޮށްފައެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ