ދުނިޔެ ރޮހިންގިޔާ މުސްލިމުންގެ މައްސަލަ ހައްލުކުރުމަށް އުރުދުޣާން ސޫކީއާއި މަޝްވަރާކޮށްފި

ރޮހިންގިޔާ މުސްލިމުންގެ މައްސަލަ ހައްލުކުރުމަށް އުރުދުޣާން ސޫކީއާއި މަޝްވަރާކޮށްފި

ރޮހިންގިޔާ މުސްލިމުންގެ މައްސަލަ ހައްލުކުރުމަށް އުރުދުޣާން ސޫކީއާއި މަޝްވަރާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޔަންމާގެ ރޮހިންގިޔާ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތަކުންނާއި ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމާއި ގުޅޭގޮތުން އެޤައުމުގެ ލީޑަރު އަން ސަން ސޫކީއާއި ތުރުކީގެ ރައީސް އުރުދުޣާން މަޝްވަރާކުރައްވައިފިއެވެ.

އުރުދުޣާން ސޫކީއާއި ދެއްކެވި ވާހަކަފުޅުގައި ރޮހިންގިޔާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން މުސްލިމް ޤައުމުތަކާއި ދުނިޔޭގެ ކަންބޮޑުވުންތައްވަނީ ހިއްސާކުރައްވާފައެވެ. އަދި މިއަނިޔާވެރިކަން ހުއްޓާލާ ރޮހިންގިޔާ މުސްލިމުންނަށް އެހީގެ ތަކެތި ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ.

އުރުދުޣާންވަނީ ރޮހިންގިޔާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް އާއްމު ރައްޔިތުންނަށް ބާރުގެ ބޭނުންކޮށް ހަމަލާ ނުދިނުމަށް ސޫކީއަށް ބާރުއަޅުއްވާފައެވެ.

މިމަޝްވަރާތަކަށްފަހު ތުރުކީއިންވަނީ ކާބޯތަކެއްޗާއި އަންނައުނާއި ބޭހުގެ 1000 ޓަނުގެ އެހީ ރޮހިންގިޔާ މުސްލިމުންނަށް ފޮނުވާކަން އިޢުލާންކޮށްފައެވެ.

ޓެގް

ރޮހިންޖާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.