'ބަނގުރާ މައްސަލާގައި' ޓްރޭޑްމިނިސްޓަރ ގޭ ކައިރިއަށް (ޖަމާލުއްދީން ސުކޫލުކައިރިއަށް) އެއްވެއްޖެއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި 'މީހުން އުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ' ދިނުމާޢި މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ޓްރޭޑް މިނިސްޓާރގެ ގެއަށް އެއްވަމުން އެބަދެއެވެ. މިއެއްވުމުގައި ހަރަކާތްތެރިވާ ފަރާތަކުން ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި މިނިސްޓަރުގެ ގޭ ކައިރީގައި 'ބަނގުރާ ވިއްކުން ހުއްދަ'ކުރުމާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހި އަޑުގަދަ ކުރަމުންދާކަމަށެވެ.
'ބަނގުރާ ހުއްދަކުރާ ވެރިންގެ އިސްތިއުފާއަށް' ގޮވާލާ މިއެއްވުމުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ޖަމާވެ އެމީހުންގެ ޝުއޫރުތައް ދަނީ ފަޅުކުރަމުންނެވެ. 'އިސްލާމްދީނަށް ފުރައްސާރަ ނުކުރުމަށާއި އިސްލާމްދީނުގައި ހަރާމް ކަންކަން ހުއްދަ ނުކުރުމަށް' މިއެއްވުމުގައި އަޑުގަދަކޮށް ދަނީ ގޮވަމުންނެވެ.
"ވީހާވެސް ގިނަ ބަޔަކު ޖަމާލުއްދީން ސުކޫލުކައިރީ ހުންނަ ޓްރޭޑް މިނިސްޓާރގެ ގެ ކައިރިއަށް ޖަމާވުމަށް އެއްވުމުގައި ދަނީ ގޮވަމުންނެވެ. މިރޭ ދިހައެއްޖެހިއިރުންފެށިގެން ކުރިއަށްދާ މިއެއްވުމުގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ނުރުހުން ފާޅުކުރަމުންނެ ވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...