މާދަމާ ރޭ ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ދަރުސްއެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ހިންމަފުށީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސްގައި ތަޤުރީރު ކުރައްވާނީ ޝެއިހް އަލީ ޒާހިރު ކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. 'މުޖްތަމައުއެއް ނެތި ދިއުން' މިމައުޟޫއަށް އަލިއަޅުވާލެވޭ މިދަރުސްއަކީ މިހާތަނަށް ހިންމަފުށީގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ދަރުސްކަމުގައި ހިންމަފުށިން ހަބަރު ލިބެއެވެ.
ޖަމިއްޔަތުއް ސަލަފްއިން ދަނީ ރާއްޖޭގެ ކަންކޮޅުގައި އިސްލާމީ ދަރުސްތައް ދިނުމުގައި ހަރަކާތްތެރިވަމުންނެވެ.
ޚިޔާލު