ރާއްޖޭގެ ޚަބަރު މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަ މަހުން ފެށިގެން 'ރަސްމީ'ކޮށް ދެނީ

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަ މަހުން ފެށިގެން 'ރަސްމީ'ކޮށް ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަ މަހުން ފެށިގެން 'ރަސްމީ'ކޮށް ދިނުމަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލެޕްމެންޓްއިން ނިންމައި އެކަން އާންމުކޮށް އިއުލާންކޮށްފިއެވެ.

'ބަނގުރާ' ވިއްކުމުގެ ހުއްދަ ރާއްޖޭގެ ރަށްތަކުގައި ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރު ފަހުކޮޅު އާންމުކުރި ޤަވާއިދުގެ ދަށުންނެވެ. މީހުން އުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދީފާވަނީ ޤާނޫނުގެ ހުދޫދުގެ ތެރޭން ކަމަށް ސަރުކާރުގެ އިސްވެރިން ދަނީ ބުނަމުންނެވެ.

މިޤަވާއިދު ފާސްވުމާއި ގުޅިގެން ރާއްޖޭގައި 'މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހޮޓާތަކުގެ ތެރެއުބް މަދުވެގެން 100 އެނދުގެ ހޮޓާތަކުގައި ހިންގާ ބާތަކުގައި ބަނގުރާ ވިއްކޭނެއެވެ. އަދި ބައިނަލް އަޤްވާމީ އެއާރޕޯޓްތަކުގެ ޑިޕާޗާ ޓާމިނަލްގައި ޓޫރިޒަމް މިނިސްޓްރީއިން ޤަބޫލުކުރާ ފެންވަރަށް ހަދައި އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޕިކްނިކް އައިލެންޑްތަކާއި ޔޮޓްމެރީނާތަކުގައި  ބަނގުރާ ވިއްކުމުގެ ފުރިހަމަ 'ހުއްދަ' އަލަށް އިސްލާހުކުރެވުނު ޤަވާއިދުގައިވެއެވެ. އަދި މިޤަވާއިދަކީ 'ޤާނޫނީ ބާރު' ލިބިގެންވާ ޤަވާއިދެއްކަމަށްވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލެޕްމެންޓްގެ ވެބްސައިޓުގައި މިޤަވާއިދު މިހާރުވަނީ އާންމުކޮށްފައެވެ.

ޓެގް

ބަނގުރާ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.