72 ގަޑިއިރަށް ހަމަލާތަށް މެދު ކަނޑާލުމަށްފަހުގައި ހައްދު ފަހަނަ އަޅާފައިވާ ޒައިނިސްޓު ލަޝްކަރުތަކުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 5 މީހުން ޝަހީދު ކޮށްލައިފިއެވެ.
މިއަދު ދިން ވައިގެ ހަމަލާތަކުން އެއް ހަމަލާ އަމާޒުކޮށްފައިވަނީ އަލް-މަޤާޒީ ކޭމްޕްކައިރިން ސައިކަލު ދުއްވަމުން ދިޔަ ބަޔަކަށެވެ. މިހަމަލާގައި ދެމީހުން ޝަހީދު ވެފައިވާއިރު ދެވަނަ ވައިގެ ހަމަލާ އަމާޒުކޮށްފައިވަނީ ނުސެއިރާތް ރެފިއުޖީ ކޭމްޕްގައި ހުރި މިސްކިތަކަށެވެ. މިހަމަލާގައި ވަނީ 3 މީހުން ޝަހީދު ކޮށްލާފައެވެ.
ޒައިނިސްޓް ޓެރަރިސްޓް ޖަމާއަތުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީން މީހުން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަމީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

















advertisment
ޚިޔާލު