ހދ. މަކުނުދޫ ޢަދާލަތު ގޮފީގެ ފަރާތުން އެރަށު ސްކޫލް ކުރިމަތިން އޮންނަ މަގުގެ ސްކޫލް އާއި ވީ ހިސާބު ހިޔާކުރަން ނިންމައިފިއެވެ.
ދިއިސްލާމްއަށް މަޢުލޫމާތު ދެއްވަމުން އަދާލަތު މަކުނުދޫ ގޮފީގެ ނައިބް ރައީސް އަދި ރަށު ކައުންސިލްގެ ވެސް ނައިބް ރައީސް އަލީ ނަޝީދު ވިދާޅުވީ އެގޮތަށް އެމަސައްކަތް ކުރުމަށް ނިންމާ މިހާރު މަސައްކަތުގެ %90 ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީހާ އަވަސް މުއްދަތެއް ތެރޭގައި މަސައްކަތް ނިންމާލުމަށް ކަމަށެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން އެފަރާތުން ހާމަ ކުރިގޮތުގައި އެމަސައްކަތަކީ ސްކޫލް އަށް ކުދިން ބަލާ އައިސް ތިބޭ ބެލެނިވެރިން އަވީގައި ތިބެން ޖެހުމުގެ ސަބަބުން އެކަމަށް ލުޔެއް ހޯދައި ދިނުމުގެ މަޤްސަދުގައި އަދާލަތު ޕާރޓީ މަކުނުދޫ ގޮފިން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.
އިންތިޙާބުގެ ދެވަނަ ބުރުގައި ޕީޕީެމް އާއި ޖުމުހޫރީ ކޯލީޝަނުން ނަޝީދާއި އެކު ވާދަ ނުކޮއްފިއްޔާ ދެންވާނީ ކޮހިނެއްބާ؟ އޭރުން ވާދަވެރި އިންތިޙާބަކައްވާނެބާ؟ ނުވަތަ ޕީޕީއެމް އާއި ޖުމުހޫރީ ކޯލީޝަނުން ނަޝީދައް ތާޢީދު ކޮއްފިއްޔާ ދެންވާނީ ކިހިނެއްބާ؟ ވާދަވެރި އިންތިޙާބަކައްވާނެބާ؟
މާޝާﷲ…
ދދ. ޑޮކުޓަރަކަށް ދައްކަން ފެނޭ… ނަފުސާނީ ބަލީގެ.