ރާއްޖޭގެ ޚަބަރު

ރައީސް ވަޙީދު ތައުބާވުމަށް ގޮވާލަން: އަބްދުﷲ މުހައްމަދު

އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް އަމިއްލަ އިއުތިރާފުން ޒިނޭގެ ކުށް ސާބިތުވެ، ހައްދު ޖެހުމަށް ހުކުމް ކުރުމުން ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވުމަކީ އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަދެއްކުން ކަމަށާއި އެ ގޮތަށް އެ ވާހަކަ ދައްކަވާފައިވާ ނަމަ އެމަނިކުފާނު ތައުބާ ވެވަޑައިގަތުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ގޮވާލައިފި އެވެ.

ޒިނޭގެ އަދަބެއްގެ ގޮތުން 100 އެތިފަހަރުން ހައްދު ޖަހައި، އަށް މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް މުރާޖާ ކުރަން ބާރުއަޅުއްވާނެ ކަމަށް ވިދާޅުވެ، ރައީސް ވަހީދު ކުރެއްވި ޓުވީޓަކަށް އިޝާރާތް ކުރައްވައި ސަން އޮންލައިން އަށް ދެއްވި އިންޓަރވިއު އެއްގައި، އަބްދުﷲ ވިދާޅުވީ ދީނުގެ ހައްދަކާ ދެކޮޅަށް ގައުމުގެ ރައީސް ވާހަކަފުޅު ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ މައްސަލާގައި ރައީސްއާ ބައްދަލު ކުރައްވައި އެކަމަށް މައާފަށް އެދިވަޑައިގަތުމަށް ދަންނަވާނެ ކަމަށެވެ.

އަބްދުﷲ މުހައްމަދު އިތުރަށް ވިދާޅުވީ މިފަދަ ކަންތައްތައް ވަމުން އަންނާތީ އެބޭފުޅާ ސަރުކާރުގައި ހުންނަވަނީ ކީއްވެތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި އިސްތިޢުފާ ނުދެނީ ކީއްވެތޯ ސުވާލު ކުރާކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގައި ހުރެގެން ސަރުކާރަށް ފާޑުކިޔޭނެ ކަމަށާއި އިސްލާހު ނުވެއްޖެނަމަ ދެން މަގުތަކަށް ނުކުންނަން ޖެހެންޏާ އެކަން ވެސް ކުރައްވާނަން ކަމަށް ވެސް ވިދާޅުވިއެވެ.

ދޮންބައްޕަ އާއި އެނޫން ވެސް މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖާގެ މައްޗަށް ކުރި ހުކުމަށް އިޝާރާތްކޮށް އަބްދުﷲ ވިދާޅުވީ "ހަމަބުއްދީގައި ހުރެ، ރުހުމުގައި ފާފައެއް ކުރެވުނު ކަން އަމިއްލަ އިއުތިރާފުވެ" އެއްބަސްވުމުން އެ ކުއްޖާގެ މައްޗަށް ކުށުގެ އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައި ހުރި ކުއްޖާ އަމިއްލަ ރުހުމުގައި ޒިނޭކޮށްފިނަމަ ހައްދު ގާއިމް ކުރަން ޖެހޭނެ ކަމަށާއި އެކަމާމެދު "ޖަދަލު" ކޮށްގެން ނުވާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުޙައްމަދަކީ ނިމިދިޔަ ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއްވުންތަކުގައި އިސް ރޯލެއް އަދާ ކުރެއްވި ބޭފުޅެކެވެ.

މިފަދައިން އަބްދުﷲ މުޙައްމަދު ބުނެފައިވާއިރު، ރައީސް ވަހީދުގެ ޓްވީޓާ ދެކޮޅަށް ޢަދާލަތު ޕާރޓީއިން ވެސް ވަނީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ޙުކުމް ތަކާއިމެދު ފާޑުކިއުމުގެ ޙައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ބުނެ ނޫސް ބަޔާނެއް ނެރެފައެވެ.

ށ.ފޭދޫގެ ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ ގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމާ ގުޅިގެން ހައްދު ޖެހުމަށް ކުރި ހުކުމާ މެދު ހިތާމަކުރައްވާ ކަމަށާއި އަދި އެމައްސަލަ މުރާޖައާކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

9 ޚިޔާލު

  1. ރައީސް ތައުބާ ވާންޖެހެއެވެ. ތަޢުބާ ވާންޖެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވުމުން ތަޢުބާ ވި ކަން ހަމަ އެކަނި އެނގޭނެ ފަރާ ތަކީ ﷲ ތަޢާލާ އެވެ، މަނިކުފާނު ހިތާމަ ފައުޅު ކުރެއްވީ ޓްވިޓަރ ގައި ވުމުން ޓްވިޓަރ ގައި ، ތައުަބާ ވި ބަސްފުޅު ޝާއިއު ކުރުމަކީ އެހެން މީހުންނަށް ވެސް މިފަދަ ކަންތަކުގައި ތައުބާ ވާން ލިބޭނޭ ފިލާވަޅަކަށް ވާތީ ޓްވީޓް ކުރެއްވުމަށް ދަންނަވަމެވެ.

  2. އެ އަނަހެންމީހާ ،ބާލިޢުވުމައްފަހު ކުއްޖެއް ނުހުންނާނެ، އެ ހިސާބުން ބޮޑުވީ، އެއީ އިސްލާމް ދީނުގައި ވާގޮތް މުސްލިމުން ޤަބޫލްކުރަންވީ ގޮތް، އޭނަ ޔައް ﷲ ތެދުމަގު ދައްކަވާ ،އޭނަގެ ތަޢުބާ ޤަބޫލް ކުރައްވާނދޭ! އަދި ކޮއްމެ މުސްލިމަކުވެސް ކުށެއް ފާފައެއް ކުރުމުން އަވަހައް ދީނުގައި ،ކީރިތި ޤުރުއާނާއި ސުންނަތުން ޢެކަމަކައް އޮތް ގޮތެއް ބަލާ، ތަޢުބާ ވުމުން، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެން ދާނީ…. ރައީސް އެއްނޫން ތާއޫތެއް، އަވަހައް ތަޢުބާ ވުން ދެންވެސް އޮތީ….ކޮބާ ޢިލްމެއް ނެތްތާގައި ޙިލްމެއް ހިކްމަތެއްވެސް ނެތް،،،،މީ މިވެރިންގެ ހާލަކީ ،،،

  3. حديث: «كل ابن آدم خطاء، وخير الخطَّائين التوّابون » ކޮންމެ އާދަމުގެ ދަރިއަކުވެސް ފާފަ ކުރެއެވެ. ފާފަކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ ތަޥްބާވާ މީހުންނެވެ. އެހެންކަމުން ޢަބްދު ﷲ މުޙައްމަދު ރައީސް މުޙައްމަދު ވަޙީދަށް އެރުވި ލަފާ ޤަބޫލުކުރައްވާ އެގޮތަށް ޢަމަލުކުރައްވާނެކަމަށް އުއްމީދު ކުރަމެވެ. މާތް ﷲ ޢަބްދު ﷲ މުޙައްމަދަށް ހެޔޮޖަޒާ ދެއްވާ، ރައީސް ވަޙީދުއަށް ތަޥްބާ ވުމަށް މަގުފަހިކޮށްދެއްވާ އަދި އެ ތަޥްބާއަކީ ޤަބޫލުވެވިގެންވާ ތަޥްބާއެއް ކަމުގައި ލައްވާނދޭވެ. އާމީން.

  4. ކޮބާ ޢިލްމުވެރިންތައް…..ވަހީދުގެ ނަންލާފަ އަޑުހަރުކޮށް ގޮވާލަންޖެހޭނެ ވަހީދަށް ތައުބާވުމަށް.ޢިލްމު ލިބިގަތީ ކީއްކުރަންވަންތޯ އޭ ހިތައް އަރާ…….އަދި އަޅުގަންޑުގެ މި ކަންފަތުން އަޑުއެހީން 23 ޑިސެންބަރުގަ އަދާލަތުގެ ޝެއިޚެއް ވިދާޅުވި އަޑު ނަޝީދުއާ އިދިކޮޅަށް އަޅުގަނޑުމެން ނުކުންނަން ޖެހުނީ އޭނަ އިސްލާމީ ޝިއާރުތަކަށް ގޮންޖަހާތީވެއޭ ހަމަ އެފަދައިން ނަޝީދަށް ފަހު ވެރިއަކަށް އަރާ މީހަކު އެފަދަ ކަމެއް ކޮށްފިނަމަ ހަމަ އެމީހަކާ ދެކޮޅަށްވެސް އަހަރުމެން ނުކުންނާނަމޭ…….ކޮބާތޯ…ކޮބާތޯ….ކޮބާތޯ އެބަހުގެ ތެދުކަން………

  5. އެހެންވީމާ މިދަނަްނަވަނީ އިސްލާމީ ގައުމެއްގެ ވެރިކަމަށް އަރާ މީހަކަށް އެކަށީގެންވާ މިންވަރަކަށް އިސްލާމްދީން އެގެން ޖެެހެޔޭ. އަދި ދީނަށް ލޯބިކުރާ މީހަކަށް ވާންޖެހެޔޭ. ހަމައެކަނި ދިވެއްސަކަށް ވުމުން ނުފުދޭނެޔޭ. އެހެން އެވަނީ އިސްލާމްދީން އޮޅުންފިލާފައި ނެތީމާ، އަދި ދީނަށް ހިތުގައި އެއްވެސް މަގާމެއް ދެވިފައި ނުވާތީ،

  6. މަ ހަމަ ހައިރާން ވޭ ވަހީދު އައް ކޮން ކަމެއް .ކުޑަޔަސް ބޮޑަސް ހައްދު ޖަހަން ޖެހޭކަމެއް ކުރީމާ ހައްދު ޖަހަން ޖެހޭނެ ނޫންތަ . ދެން ގާޒީން ނަށް ނެއި ނުން މިނިވަން ކަމެއް . މިގައުމުގަ ހުރި ހުރިހާ ތަނަކުން ރުހުން ހޯދައިގެން ތަ ހުކުމް ކުރަން މިޖޭހުނީ މިކިޔާ ގޮތުން

  7. ވަހީދު އައް ވެސް ވަނީ އެވާހަކަ އަންގާ ދެވި ފަ ވަކިވަރެއް ވަންދެން ބަލަން ޖެހޭނެ ތާ.. ހަމަ ނުރުހޭ އިރައް ވަރި އެއް ނުކުރެވޭނެ . ވަހީދު ހަދާ ގޮއިބަލަން މިތިބީ

  8. ހުރިހާ މީހުންވެސް ތައުބާވާންޖެހޭ، ރައީސުވެސް ތައުބާވާންޖެހޭ، ރައްޔިތުންވެސް ތައުބާވާން ޖެހޭ، ކީރިތި ރަސޫލާ ދުވާލަކު 70 ، 100 ފަހަރު ތައުބާ ވާކަމުގައިވޭ، މިއަދުގެ މުސްލިމުން ދުވާލަކު މިޔައްވުރެ ގިނައިން ތައުބާވާންޖެހޭ!

  9. ސުވާލަކީ ބޮޑު އަންހެނެއް ކުޑު އަންހެންކުއްޖެއް ވީމާކާއެއްނޫން، ޒިނޭއަކަށް ވަނީ ކޮބްއިތޯ؟ ހަމަބުއްދި ސަލާމަތުން ހުރި ބާލިއުވެފައިވާ ތަސައްރަފް ފުދިފައިފައިވާ އަންހެނަކާއި އެފަދަ ފިރިހެނަކު ކައިވެނިން ބޭރުގައި އެދެމީހުންގެ ރުހުމުގައި ކުރެވޭ އެފަދަ ބަދުއަޚްލާގީ އަމަލަށް ކިޔަނީ ޒިނޭކުރުމޭ އަދި އެފަދަ އަމަލެއްގެ ހުކުމަކީ އަސްލާމީޝަރީއަތުގައި އެހެން މީހަކާއި އިނދެގެން ހުރި މީހެއްނަމަ ރަޖަމްކިރުން، މީހަކާއި ނުއިނދެ ހުރިނަމަ 100 އެތިފަހަރުން ހައްދު ޖެހުން.
    އަނެއްސުވާލަކީ އެ އަންހެން “ކަނބުލޭގެ” ހުރީ އެހީރެރިވާނެ ފަރާތެއްގެ ބެލެނެވެރިކަމުގައިތޯ، އޭނާގެ މަންމަ ދަރިއެއްގެ މަށްޗަށް އުފުލަން ޖެހޭ ޒިނމާ އުފުއްލަވައިގެންތޯ؟ އެ ކަނބުލޭގެ އާއި އެކަމެއް ކިރަނީ ގަދަކަމުންތޯ؟ އެކަނބުލޭގެ ހުރީ ހަމަ ބުއްދީގައިތޯ؟
    އަނެއް ސުވާލަކީ އިސްލާމް ދީނުގައި މީހުންމެރުމަކީ ޒިނޭ ކުރުމަށް ވުރެން ބޮޑު ފާފައެއް، އެކަމަކު މީހަކު މަރާފައި މީހާގެ މައްޗަށް މެރުމަށް ނުވަތަ އެނޫން ހުކުމެއް ކުރެވުމުން އެކަން ވެސް ދީނުގައި އޮންނަނީ ހުކުމް ތަންފީޒް ކުރުމުގެ ކުރިން ހުރިހައި ޝަރުއީ މަރުހަލާއެއް ނިމައި އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަން ކުރުމަށް. އެކަމަކު ވާލެއް ޔާރެއް ނެތް ނިކަމެތި އަންހެނަކު ފިރިހެނެއްގެ ޖިންސީ ޝިކާރައަކަށް ވުމުން އެއީ ޒިނޭއްކަމށް ދަށުކޯޓުން ހަމަ ހުކުމް ކުރައްވާއިރަށް އަވަހަށް ވީ އެހުމް ތަންފީޒް ކުރަންތޯއެވެ. އެ ކަނބުލޭގެއަށް އެހުކުމް އިސްތިއުނާފް ކުރުމުގެ ހައްގު ވެސް ވީ މަހްރޫމް ކުރަން ތޯއެވެ. މިއީ ހަމަ ރަންގަޅުގޮތްތޯއެވެ.

Your email address will not be published. Required fields are marked *