މިއަދު ހަވީރު 5 ޖަހަންދެން މާލޭގައި ފިތުރު ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކޮށްފިއެވެ.
އެމިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ހަވީރު ފަހެއްޖެހުމާ ހަމައަށް އިސްލާމިކް މިނިސްޓްރީއަށް ފައިސާއިން ޒަކާތް ދެއްކޭނެ އެވެ. އަދި ޢަރަބިއްޔާ ސްކޫލް ހޯލުން ، ގޮވާމުން ޒަކާތް ބަލައިގަންނާނެކަމަށް ވެސް އެމިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސަރަޙައްދުން މިހާތަނަށް ސާޅިސް ތިން މިލިޔަން ފަސްދޮޅަސް ނުވަހާސް ސަތޭކަ ތޭވީސް ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާކަމަށާއި މިހާތަނަށް ނުވަދިހަ ހަ ހާސް ހަސަތޭކަ ފަސްދޮޅަސް މީހުން ޒަކާތް ދައްކާފައިވާކަމަށެވެ.
މި އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ދެވަނަ ދުވަހުއެވެ
ޚިޔާލު