އަރަބިދުނިޔެދުނިޔެ

ލީބިޔާގައި ކުރިޔަށްދާ މުޒާހަރާގައި އާންމުންގެ 24 މީހުން މަރުވެއްޖެ.


މުއައްމަރުލް ގައްދާފީގެ އިސްތިއުފާއަށް ގޮވާ، ލީބިޔާގެ އިރުމަތީ އަވަށެއްކަމަށްވާ ބެންގަޒީގައި ކުރިޔަށް ދާ މުޒާހަރާތަކުގައި މިހާތަނަށް 24 މީހުން މަރުވެފައިވާކަމަށް ޚަބަރު ފަތުރާ ވަސީލައްތަކުން ބުނަމުން އެބަ ދެއެވެ. ރޮއިޓާސް އުން ޚަބަރު ދޭ ގޮތުގައި، ސަލާމަތީ ބާރުތަކާއި، މުޒާހަރާކުރަމުން ދާ މީހުންނާ ދެމެދު ވަނީ ވަރުގަދަ ކުރިމަތި ލުންތަކެއްވެސް ހިނގާފައެވެ. އަދި، ގައްދާފީއާ ދެކޮޅަށް ކުރެވެމުން ދާ މުޒާހަރާގައި ބައިވެރިވުމަށް އެތައް ބަޔަކު ޓެންޓުތައް ހިފައިގެން، މަގުތައް މަށްޗަށް އެއްވަމުން ދާކަމަށް ޚަބަރު ލިބެއެވެ.

ގައްދާފީއާ ދެކޮޅަށް ހޫނުގަދަ މުޒާހަރާތަކެއް ކުރަމުން ދާ ވަގުތެއްގައި، އޭނާއަށް ތާއީދުކޮށް ހަދާފައިވާ ބެނާތަކާއި، ޕޯސްޓާތައް ހިފައިގެންވެސް ބަޔަކު މަގުތައް މަށްޗަށް ނިކުމެފައިވެއެވެ.

ލީބިޔާގެ ސަރުކާރުން މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ހިންގާ އަމަލުތައް ކުށްވެރިކޮށް ހިއުމަން ރައިޓްސް ވޮޗުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. މީގެ އިތުރުން އިންސާނީ ހައްޤުތަކުގެ ދިފާއުގައި މަސައްކަތް ކުރާ އެމްނެސްޓީ އިންޓާނޭޝަނަލުންވެސް މިހާރު ވަނީ، ސުލްހަ ކަމާއެކު މުޒާހަރާ ކުރާމީހުންނަށް އަނިޔާ ނުކުރުމަށް ލީބިޔާގެ ސަރުކާރަށް ގޮވާލާފައެވެ. އަދި އިނގިރޭސް ވިލާތުންނާއި، ޔޫރަޕުގެ އިއްތިހާދުންވެސް، އަނިޔާ ވެރިކަން ހުއްޓާލާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޖާގަދިނުމަށް ލީބިޔާގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މުއައްމަރުލް ގައްދާފީއަށް ވެރިކަން ލިބިފައިވަނީ މީގެ 41 އަހަރު ކުރިން އެ ޤައުމަށް ގެނެވުނު މިލިޓަރީ އިންޤިލާބެއްގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *