އަރަބިދުނިޔެދުނިޔެ

ބަހުރޭންގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގައި 7 މީހުން މަރުވެއްޖެ.

ލިޔުނީ: ހުސެއިން ސާލިމް

ބަހުރޭންގެ ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާގައި މިހާތަނަށް 7 މީހަކު މަރުވެ 60 މީހުން ގެއްލިފައިވާކަމަށް ޕްރެސް ޓީވީން ޚަބަރު ދީފިއެވެ. މަރުވި 7 މީހުންގެ ތެރެއިން 4 މީހުން މަރުވެފައިވަނީ، މިއަދުގެ ވަގުތެއްގައި، ވެރިރަށް މަނާމާގެ ޕާލް ސްކޮޔާގައި މުޒާހަރާކުރަމުން ދިޔަ މީހުންނާ ފުލުހުންނާ ދެމެދު ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައެވެ. ޕާލް ސްކޮޔާއަށް މިހާރު ވަނީ ތަހްރީރު ސްކޮޔާގެ ނަމުން ނަންދެވިފައެވެ. ތަހްރީރު ސްކޮޔާއަކީ މިސްރުގެ ސަރުކާރާ ދެކޮޅަށް ކުރި ތާރިޚީ މުޒާހަރާތައް ކުރި ސަރަހައްދަށް ކިޔާ ނަމެވެ.

މުޒާހަރާ ރޫޅާ ލުމަށްޓަކައި ފުލުހުން ގިނަ އަދަދަކަށް ކަރުނަ ގޭހާއި، ރަބަރު ވަޒަން ބޭނުންކޮށްފައިވެއެވެ. މުޒާހަރާއަށް ހަތަރު ދުވަސް ވެފައިވާއިރު، ބަހުރޭންގެ ސަރުކާރަށް އަދި ވަނީ، މުޒާހަރާތައް ހުއްޓުވޭ ގޮތް ނުވެފައެވެ. ބަހުރޭންގެ ދިފާއީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ޤައުމުގައި ރައްކައުތެރިކަމާއި، އަމާންކަން ޤާއިމު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއްވެސް އެ ވުޒާރާއިން ކުރާނެއެވެ.

ބަހުރޭންގައި މުޒާހަރާ ކުރަމުން ދާ މީހުން ގޮވާލަމުން ދަނީ، ޑިމޮކްރެސީއަށް މަގު ދައްކުވައިދޭފަދަ ޤާނޫނު އަސާސީއެއް އެކުލަވާލުމަށެވެ. އަދި، 1971 އެއް ވަނަ އަހަރުން ފެށިގެން ބޮޑު ވަޒީރުގެ މަޤާމުގައި ހުންނެވި، ރަސްގެފާނުގެ ބޮޑު ބޭބޭފުޅު، ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އިސްތިއުފާ ދެއްވުމަށެވެ.

އަރަބި ދުނިޔޭގެ ސަރުކާރު ތަކާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާ ތަކުގައި މިހާތަނަށް ތޫނިސްއާއި، މިސްރުގެ ވެރިކަން ވަނީ ވަށްޓާލައިފައެވެ. އަދި ލީބިޔާއާއި، އޮމާނާއި، ބަހުރޭންގައި މިހާރުވެސް މުޒާހަރާތައް ދަނީ ކުރިޔަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *