ދީނީ ލިޔުންދީން

މުސްލިމުން ދަތުރުފަތުރު ކުރަންވީ ކީއްވެ؟

ދަތުރުފަތުރު ކުރުމަކީ ވަރަށް ތަފާތު ކަމެކެވެ. ގިނަ ކަންކަމާއި އެއްޗެހި އެނގި ދުނިޔެ ދަސްވެއެވެ. އެކި ތަންތަނުގެ ސަގާފަތާއި އާދަކާދަ ފެނި އިތުރު ތަޖުރިބާތަށް ކުރެވޭކަމެކެވެ. އިސްލާމް ދީނުގައި ދަތުރުވެރިންނަށް ލުއިފަސޭހަ ތަކެއް ލިބިފައި ވެއެވެ. ނަމަވެސް ބައެއް މުސްލިމުންނަކީ ދަތުރުފަތުރު ކުރަން ބޭނުންވާ ބައެއް ނޫނެވެ.

ޗުއްޓީ ޕެކޭޖެއް ނަގައި ފަތުރުވެރިން ދާ ތަންތަނަށް ދިއުމަކީ "ދަތުރުފަތުރު” ކުރުމެއް ނޫނެވެ. އެއީ ޗުއްޓީ ހޭދަކުރުމެވެ. މުސްލިމުން ދަތުރުފަތުރު ކުރަންޖެހޭ ބައިވަރު ސަބަބުތައް ހުރެއެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް ތިރީގައި އެވަނީއެވެ.

  1. ހައްޖު (ނުވަތަ ޢުމްރާ)

ދަތުރު ކުރުންވަނީ އިސްލާމްދީނުގެ އަޅުކަންތަކާއި ގުޅިފައެވެ. އޭގެ ތެރޭގައި ހައްޖާއި (އިސްލާމް ދީނުގެ ފަސްވަނަ ރުކުން) އުމްރާގެ އަޅުކަން ހިމެނެއެވެ. މި ދެއަޅުކަމަށް މުސްލިމުން މައްކާއަށް ދަތުރުކުރަން ޖެހެއެވެ. މި އަޅުކަންތައް އަދާކުރުމުގައިވެސް ދަތުރުތަކެއް ކުރަންޖެހެއެވެ. އެގޮތުން މިނާއާއި، އަރަފާތާއި އަދި މުޒްދަލިފާއަށް ދިޔުން ހިމެނެއެވެ.

  1. ރަސޫލާ (صلی اللہ علیہ وسلم)

ރަސޫލާ (صلی اللہ علیہ وسلم) އަކީ ދަތުރުފަތުރު ކުރުމަށް ބާރުއަޅުއްވައި އަދި ދަތުރުފަތުރު ކުރެއްވި ބޭފުޅެކެވެ. އެއީ މާތް ﷲގެ އަމުރުފުޅުތައް ތަސްފީޒު ކުރުމަށާއި، ވިޔަފާރި ފަދަ ކަންކަން ކުރުމަށެވެ. އިލްމު އުނގެނުމަކީވެސް މަތިވެރި އަޅުކަމެކެވެ. ރަސޫލާ (صلی اللہ علیہ وسلم) ވަނީ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅުވެސް ކުރައްވާފައެވެ. މީގެ އިތުރުން މަދީނާއަށް ހިޖުރަކުރުންވެސް ހިމެނެއެވެ.

  1. ދަތުރުފަތުރު ކުރުމުގެ އާދަކާދަ

ކުރީއްސުރެއް މުސްލިމް ދަތުރުވެރިން ދަތުރުކުރުން ވަނީ މަޝްހޫރުވެފައެވެ. އެގޮތުން، މޮރޮކޯގެ އިބްނު ބަތޫތާ އާއި، އިރާގުގެ އަބޫ އަލް ހަސަން އަލް މައްސޫދު އާއި، މޮރޮކޯގެ މުޙައްމަދު އަލް އިދްރީސް އާއި ޗައިނާގެ ޒެން ހީ އަދި އޮމާންގެ އަޙްމަދު އިބްން މާޖިދް ފަދަ ބޭފުޅުންނެވެ. މި ބޭފުޅުން ވަނީ ގިނަ އަހަރު ތަކެއްވަންދެން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކޮށް ޗާޓު ކުރަހާފައެވެ. އަދި ދަތުރުފަތުރު ކުރުމުގެ އާލާތްތައް އުފައްދާ ހޯދާފައެވެ.

  1. ތިމާގެ ނަފްސު އިތުރަށް ދެނެގަތުން

މި ދުނިޔެއަކީ އާހިރަތަށް ކުރާ ދަތުރެކެވެ. ދުނިޔެއަށް އައީ ކީއްވެކަމާއި އަދި ކީއްކުރަން ކަމާމެދު ވިސްނަން ޖެހެއެވެ. އަދި ތިމާ އެކަނި އެކަލާންގެއާ ބައްދަލުކޮށް ހިސާބުބެއްލެވޭނެކަމާއި މެދުވެސް މެއެވެ. މިގޮތުން ދަތުރުފަތުރު ކުރުމުން އެހެން މީސްމީހުންގެ ދިރިއުޅުމާއި ކަންކަން އެނގި ތިމާގެ ނަފްސާމެދު އިތުރަށް ވިސްނައި ކަންކަން ރަނގަޅު ކުރެވޭނެއެވެ.

  1. ﷲ ގެ ކުޅަދުންވަންތަކަން ދެނެގަތުން

އެކަލާންގެ ހެއްދެވި ތަކެއްޗަށް ބަލައި ވިސްނުމަށް އަމުރުކުރަށްވާފައި ވެއެވެ. ބޮޑެތި ފަރުބަދަތަކާއި، ކަނޑުތަކާއި، ހަނަފަސް ސަހަރާތަކާއި، ޖަންގަލިތަކާއި އަދި މިނޫނަސް އެހެނިހެން ކަންކަމާއި ތަކެތި ފެނުމުން ﷲގެ ކުޅަދުންވަންތަކަން އިތުރަށް ދެނެގަނެވެއެވެ. ކުރިން ނުދަންނަ ކަންކަން އެނގި ފަރިތަވެއެވެ.

  1. އިސްލާމީ ތާރީހް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ތާރީހުގެ ގަދީމީ ކަންކަމާއި، ތަކެއްޗާއި އަދި ބިނާތައް ވެއެވެ. މި އެއްޗެހި ހޯދޭނީ އެތަންތަނަށް ދަތުރުކޮށްގެންނެވެ. ހަމަ މިއާއެކު ހިލާފަތްތަކުގެ ގޮތްތަކާއި، ހަނގުރާމަތަކާއި، މަދަނިއްޔަތުތަކާއި، ރަށްތަކާއި، ލިޔެކިޔުންތަކާއި، ތަރިކަ މުދަލާއި އަދި މިފަދަ ކަންކަމާއި ދިރިއުޅުއްވުން ހޯދާބަލައި ދިރާސާކުރެވޭނީ އެތަންތަނަށް ދަތުރުކޮށްގެންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Mi liyumugai rasoolallah sallahllah alaihi vasahlam ah nisbaiy koh liyevifa huri baeh lafzu thah dhivehi bahuge emme maaiy gothah liyun vrh muhimmu..misaalakah “beyfulhekey” oiy thanuga beykaleh liyun adhi “hijurakurun” oiy thanuga hijura kurevvun liyunu nama maa furihama vees..

Your email address will not be published. Required fields are marked *