ތަޤްރިބް ނިއުސް އިން ހާމަކުރާގޮތުގައި ދުނިޔޭގެ އިސްލާމީ އިލްމްވެރިންގެ މަޖީލުގެ އެންމެ އިސްވެރިޔާ ޑރ.ޔޫސުފް އަލް-ޤަރްދާވީ މިސްރުގެ ޒުވާނުންނަށް އެބައިމީހުން ކުރި އަގު ބޮޑު ޖިހާދަށްޓަކައި މަރުހަބާ ވިދާޅުވެއްޖެއެވެ.
" މިދުވަސްތަކުގައި ތަހްރީރު މައިދާން ބަދަލުވެގެންދިޔައީ ދީނާއި ޤައުމަށްޓަކައި ވާންވީ ޤުރުބާނީއާއި ލޯބި ދަސްކޮށްދިން މދަރުސާތަކަކަށް" ކަމަށް ޑރ.ޔޫސުފް އަލް-ޤަރްދާވީ ވިދާޅުވިއެވެ. އަދި، ހުކުރު ދުވަހުގެ ހުތުބާއެއްގައި، މުބާރަކުގެ ވެރިކަން ވެއްޓިގެންދާނެކަމަށް ޑރ.ޔޫސުފުލް ޤަރްދާވީ ވިދާޅުވި ވިދާޅުވުންވެސް ވަނީ މީސްތަކުންނަށް ހަނދުމަ ކޮށްދެއްވައިފައެވެ. އާރާއި ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނާ ދެކޮޅަށް ނިކުމެގެން ނަސްރެއް ނުލިބޭނެކަމަށްވެސް ޑޮކްތޫރުގެ ވާހަކައިގާ ހާމަކުރެއްވިއެވެ.
މި ބޮޑު އިންޤިލާބުން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅަކީ، ރައްޔިތުންނަށް އޯގާތެރިކަމާއެކު ރައްޔިތުންގެ ބޭނުންތައް ހެޔޮގޮތުގައި އިންސާފުގެ މަގުގައި ކޮންމެ ސަރުކާރަކުންވެސް ކޮށްދިނުމުގެ މުހިއްމުކަންކަމަށް ޑރ.ޔޫސުފް އަލް-ޤަރްދާވީ ވިދާޅުވިއެވެ. އަދި މިއިންޤިލާބީ ނަސްރަކީ ހަމައެކަނި މިސްރުގެ ޒުވާނުންނަށް ލިބުނު ނަސްރެއް ނޫންކަމަށާ، އަދުލްއިންސާފަށް ލޯބިކުރާ ކޮންމެ ރައްޔިތަކަށް ލިބުނު ނަސްރެއްކަމަށް ޑރ.ޔޫސުފް އަލް-ޤަރްދާވީ ގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.
އެހެންކަމުން މުޅި ދުނިޔެއަށްވެސް މި ހާމަވެގެންދަނީ ޙުދުމުޚްތާރުކަމާއި އަދުލްއިންސާފުގެ އިމުން ބޭރުވެ ދީނަށާއި ޤައުމަށް "ހަރާމްކޯރު" ވާ ވެރިންނަށް ވެރިކަމުގައި ދެމިހުރުމަކީ ވަގުތީ އުފަލެއްލިއްބައިދޭ ކަމެއްކަމެވެ.

















ޔޫސުފު އަލްޤަރްޟާވީ
ޤަރުދާވީ އެއްނޫން!