ދީނީ ލިޔުންދީން

ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު - 3

ކުރީގެ ބަޔާއި ގުޅޭ . . .

މާތްﷲގެ އިސްމުފުޅުން ނަންކިޔުން ހުއްދަވެގެން ވެއެވެ. ނަމަވެސް ނަމުގެ ކުރިޔައް “عبد” ލާން ޖެހޭނެއެވެ. އެނޫން އެހެން ނަންނަމުގެ ކުރިޔަށް “عبد” ލުން ހުއްދަވެގެނެއް ނުވެއެވެ. އެހެނީ، “عبد” އަކީ ހަމައެކަނި ﷲގެ އިސްމުފުޅައް ޚާއްސަވެގެންވާ ނަމަކައްވާތީއެވެ. އަދި އަޅުގަނޑުމެންނަކީ މާތްﷲގެ އަޅުންނަށްވާތީއެވެ.

އަޅުގަނޑުމެންނަކީ އިސްލާމުންނަށްވީތީ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަންވާނީ އިސްލާމީ ރިވެތި ނަމެވެ. ކޮންމެ ބަހަކުން ކުއްޖާއަށް ނަންކީ ނަމަވެސް، އެ ނަމެއް ވާންވާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައިވާ މުސްލިމް ކުދިންނަށް ކިޔާ ބާވަތުގެ ނަމަކަށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، މާނަ ރަނގަޅު އިސްލާމީ ރިވެތި ނަމަކުން ކުދިންނަށް ނަންކިޔުމަށެވެ.

ކުދިންނަށް ނަން ކިޔަންވީ ރިވެތިގޮތް އަލުގަނޑުމެންނަށް ކީރިތި ރަސޫލާ صلى الله عليه و سلم ވަނީ އަންގަވައިދެއްވާފައެވެ. އެހެންކަމުން، އަޅުގަނޑުމެން ކުދިންނަށް ނަންކިޔުމުގައި ރަސޫލާ صلى الله عليه و سلم ދެއްވާފައިވާ އިރުޝާދުގައި ހިފައިގެން އެގޮތަށް ނަންކިޔުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

ވީމާ މިކަންކަމަކީ ހަމައެކަނި ސުންނަތް ކަންތައްތަކޭ ބުނެ އަޅައި ނުލައި ހުރުން ހެޔޮވެގެން ނުވެއެވެ. އެހެނީ ކުއްޖާ އުފަންވުމުން ﷲއަށްޓަކައި ކުރެވޭ ޤުރުބާނާއި، ކުރެވޭ ޞަދަޤާތާއި، އަދި ހަމައެހެންމެ ހެޔޮ މާނަ ރަނގަޅު ނަމެއް ކިޔުމަކީ އެކަމުގެ ސަބަބުން ދަރިފުޅުގެ ފުރަތަމަ ފެށުން ނުވަތަ ދުނިޔެއަށް އައުން ހެޔޮގޮތުގައި ލައްވައި މައިންބަފައިންނަށް އެކަމުގެ ސަބަބުން ބަރަކާތް ލައްވާ ޘަވާބު ލިބޭނެކަމަކަށްވާތީއެވެ.والله أعلم

ނިމުނީ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *