ބޭރޫތު - 2011 ގައި ސީރިއާގެ ހަމަނުޖެހުން އުފެދުނުފަހުން މިހާތަނަށް 300 އެއްހާ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށާއި ތަންތަނަށް އެކި ކަހަލަ ގެއްލުން ވެފައިވާކަމަށް ސެޓްލައިޓް ފޮޓޯތަކާއި ހަވާލާދީ އ.ދ މިދިޔަ އަންގާރަ ދުވަހު ބުނެފިއެވެ.
ބޮޑެތި ގެއްލުންތައް ލިބިފައިވާ ސަރަހައްދު ތަކުގެ ތެރޭގައި ޔުނެސްކޯއިން ކަނޑަޅާފައިވާ ދުނިޔޭގެ ހިމާޔަތްކޮށްފައިވާ ތަންނުގެ ލިސްޓުގައި ހިމެނޭ ތަންތަން ހިމެނެއެވެ. އޭގެތެރޭގައި އަލެއްޕޯ ގައިވާ މީގެ 7000 އަހަރު ކުރީން ދިރިއުޅެފައިވާ ސަރަހައްދެއްވެސް ހިމެނެއެވެ.
ލޫޓުވުމާއި، ބޮންއެޅުމުގެ ސަބަބުނާއި އެކިކަހަލަ ގެއްލުންތަކުގެ ސަބަބުން ތާރީޚީ އެތައް ބިނާތަކަކާއި އެއްޗިހީގެ އިތުރުން މުސްލިމުންގެ ޘަޤާފަތާ ގުޅޭ އެތައް ސާމާނެއް ވަނީ ދެން މުސްތަޤުބަލުގެ ޖީލުތަކަށް ނުފެންނާހާ ބޮޑަށް ހަލާކުވެފައެވެ.
އ.ދ ގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މައިގަނޑު 18 ސަރަހައްދެކެވެ. އޭގެ ތެރެއިން 6 ތަނަކީ ޔުނެސްކޯ އިން ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ ތަންތަނެވެ. އޭގެ ތެރޭގައި އަލެއްޕޯގައިވާ ސަރަހައްދާއެކު ، ބޮސްރާ، ދިމިޝްޤު، ސީރިއާގެ ދެކުނުގައިވާ ފަނާވެފައިވާ ސިޓީތައް ހިމެނެއެވެ.
މިއީ ސިރީއާގެ އިތުރުން ދުނިއެއަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއްކަމުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

















ޚިޔާލު