އަރަބިދުނިޔެދުނިޔެ

ސައުދީ އަރަބިޔާގައި، ސިޔާސީޕާޓީއެއް އުފެއްދުމަށް އެކްޓިވިސްޓުންތަކެއް ހުށައަޅައިފި.

ލިޔުނީ: ހުސެއިން ސާލިމް

މުޅި އަރަބި ކަރާގައި، އެމެރިކާއާއި، ހުޅަނގުގެ ބާރުތަކުގެ އަޅުވެތިވެފައިތިބި ވެރިންނާ ދެކޮޅަށް މުޒާހަރާތައް ކުރަމުން ދާ މިދަނޑިވަޅުގައި، ސައުދީ އަރަބިޔާގެ 9 އެކްޓިވިސްޓަކު، އެ ޤައުމުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ސައުދީގެ ރަސްގެފާނު އަބްދުއްﷲއަށް ހުށައަޅައިފިއެވެ.

ސައުދީ އަރަބިޔާގައި، މިހާތަނަށް ސިޔާސީ ޕާޓީހެދުންވަނީ މަނާކޮށްފައެވެ. އުފެއްދުމަށް ހުށައަޅާފައިވާ ޕާޓީގެ ނަމަކީ "އިސްލާމިކް އުންމާ ޕާޓީ"އެވެ. ރަސްގެފާނު އަބްދުﷲއަށް ފޮނުވާފައިވާ ސިޓީގައި، އެކްޓިވިސްޓުން ބުނެފައިވަނީ، ސިޔާސީ ގޮތުންނާއި، އިންސާނީ ހައްޤުތަކާއި، މިނިވަންކަން ލިއްބައިދިނުމުގައި ނަމޫނާ ވެރިންތަކެއް އިސްލާމީ އުންމަތް ދެކެފައިވާކަމަށާއި، މިއީ އެފަދަ ވެރިކަމެއް ޤާއިމުކުރުމަށް އުޅެންވީ ވަގުތު ކަމަށެވެ.

އިސްލާމިކް އުންމާ ޕާޓީގެ ފައުންޑަރ މެންބަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނީ، ވަކީލުންނާއި، ވިޔަފާރިވެރިންނާއި، ޕްރޮފެސަރުންގެ އިތުރުން އެކްޓިވިސްޓުންނެވެ. މި ބޭފުޅުން ވިދާޅުވާގޮތުގައި، މި ހަރަކާތުގެ އެއް މަޤްޞަދަކީ، މުސްލިމުންނަށް އެމީހުންވެ ވެރިން އިހްތިޔާރުކުރުމުގެ ހައްޤު ލިބިދިނުންކަމަށެވެ. އަދި، މިއީ، އަރަބި ކަރާގައްޔާއި، ސައުދީ އަރަބިޔާގައި، ފަށްކާވަމުން އަންނަ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ލާފައި އަންނަ ކަމެއްކަމަށް އެބޭފުޅުން ހާމަކުރަށްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *