އަރަބިދުނިޔެދުނިޔެ

ޢިރާޤު ގެ ބޮޑުވަޒީރު ކަމުގެ އިތުރު ދައުރަކަށް ކުރިމަތި ނުލުމަށް މާލިކީ ނިންމައިފި

އަމިއްލަ ޤައުމުގެ ފިއްތުން ތަކުގެ އިތުރުން ބޭރުގެ ފިއްތުންތަކާއެކު ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތި ނުލައި ހައިދަރު އަލް އާބަދީ އަށް ތާޢީދު ކުރުމަށް  ޢިރާގުގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ ނިންމައިފިއެވެ.

ޝީޢީން ގެ ހުށަހެޅުން ތަކަށް ޖާގަ ދިނުމަށާއި ސިޔާސީ ކަންތައްތައް ފަސޭހައިން ހިނގުމަށް ބޭނުން ވާތީ އާއި މިވަގުތަށް އައު ސަރުކާރެއް އެކުލަވާލުން މުހިންމު ކަމަކަމަށް ދެކޭކަމަށް ޤައުމީ ޓީވީ ގައި ވާހަކަދައްކަމުން ހައިދަރު އަށް ތާޢީދު ކުރަން ނިންމީ ކަމުގައި ހާމަކުރިއެވެ.

މިދުސްވަރަކީ ޢިރާޤު ގައި ވަރަށް ބޮޑެތި ސިޔާސީ އަދި ދީނީ ބައިބައިބަވުންތައް އުފެދި މުޅި ޤައުމު ހަމަނުޖެހުން ތަކެއްގައި ހޭދަ ކުރަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން އައު ސަރުކާރެއް އުފެދުނުކަމުގައި ވީނަމަވެސް މިވަގުތު ހަނގުރާމަވެރި ލަޝްކަރުތައް ފަހަތަށް ޖައްސާލުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *