އަރަބިދުނިޔެދުނިޔެ

ޔަމަނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން އެބަދޭ!

ލިޔުނީ: ހުސެއިން ސާލިމް

ޔަމަނުގައި ވެރިކަން ކުރާތާ 30 އަހަރު ވެފައިވާ އަބްދުއްﷲ ޞާލިހް، ދެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަށްވާނެކަމަށް ވިދާޅުވިތާ އެއްދުވަސް ފަހުން ޔަމަނުގެ ބޮޑެތި މަގުތައް މަށްޗަށް އެތަށް ހާސް ބަޔަކު ޖަމާވެ ސަރުކާރާ ދެކޮށްޅަށް މުޒާހަރާތަށް ކުރަމުން އެބަ ގެންދެއެވެ.

ހަމައެކަނި ޔަމަނުގެ ވެރިރަށް ސަންޢާ ގެ މަގުތަކަށްވެސް ވިއްސަކަށްހާސް މީހުން ޖަމާވެ، އަބްދުﷲ ޞާލިހް އިސްތިއުފާ ދިނުމަށް ވަނީ ގޮވާލައިފައެވެ. ޚަބަރު ލިބެމުން ދާ ގޮތުގައި، ޔަމަނުގައި ކުރިޔަށް މިދާ ހަރަކާތަކީ، ޓިއުނީޝިއާގައި، ހިނގާ ދިޔަ ހަރަކާތްތަކުންނާއި، މިހާރު މިސްރުގައި ހިންގަމުން ދާ ހަރަކާތުންނާއި، އުރުދުންގައި ހިނގާދިޔަ މިފަދަ ހަރަކާތްތަކުން ހިތްވަރު ލިބިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި ޔަމަނުގެ ފަސް އިދިކޮޅު ޕާޓީއަކުން ދަނީ ބައިވެރިވަމުންނެވެ.

ޔަމަނުގައި، ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިޔަށް ދާއިރު، ސަރުކާރަށް ތާއީދުކުރާ މީހުންވެސް ވަނީ މަގުތަށްމަށްޗަށް ނިކުމެ ސަރުކާރަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން މިހާރުގެ ރައީސް އަބްދުﷲ ޞާލިހުގެ ފޮޓޯތައް ހިފައިގެން އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އަދި ދެބައި މީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުމެއް ހިނގާފައިވާކަށް އަލްޖަޒީރާ ޚަބަރުދެއެވެ.

މިހާރު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، އިސްލާމީ ދުނިޔޭގައި ކުރިޔަށް މިދާ ހަރަކާތްތަކަކީ، އިސްލާމީ ޚިލާފަތެއްގެ ފެށުމަށް ވުމަކީވެސް ވަރަށް ގާތްކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *