ހަތަރު ދުވަސްވާންދެން މިސްރުގެ ރައްޔިތުން، މިސްރުގެ ހުރިހާ ހިސާބެއްގައި ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ބޮޑެތި އެއްވުންތަކަށް އިޖާބަ ދިނުމަށްފަހު، މިސްރުގެ ރައީސް ހުސްނީ މުބާރަކު، ކެބިނެޓު އުވާލައިފިކަމުގައި އިއުލާނު ކުރައްވައިފިއެވެ. އަދި މިއަދުގެ ވަގުތެއްގައި އައު ކެބިނެޓު އެކުލަވާލާނެކަމަށްވެސް ހުސްނީ މުބާރަކު އިއްޔެ ދެއްވި ހިޠާބުގައި ވިދާޅުވެފައިވެއެވެ.
ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު 4 ގަޑިއިރުވާންދެން މެދު ކެނޑުމެއްނެތި ކުރިޔަށް ގެންދިޔަ މުޒާހިރާތަކަށްފަހު، ޤައުމާ މުހާޠަބުކުރަށްވަމުން ހުސްނީ މުބާރަކު ވިދާޅުވެފައިވަނީ، ހަމަ ނުޖެހުން ހިނގައިގެން މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށާއި، މައްސަލަ ހައްލުކުރެވޭނީ ވާހަކަ ދައްކައިގެން ކަމަށެވެ. ހުސްނީ މުބާރަކްގެ ވާހަކަ ފުޅުގައި އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ، ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށާއި، ޑިމޮކްރެސީ ހަރުދަނާކުރަންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ހަމަ ނުޖެހުންތައް ނުހިންގުމަށް ގޮވާލަމުން މުބާރަކް ވިދާޅުވީ، ރައްޔިތުންނަށް އެގޮތަށް އިޙްތިޖާޖުކުރެވެމުން ދަނީވެސް އޭނާ މިސްރަށް ގެނެސްދީފައިއޮތް އިސްލާހްތަކުގެ ސަބަބުންކަމަށެވެ.
މިސްރަކީ، އިސްލާމީ ޤައުމުތަކުގެ ތެރެއިން އިޒްރޭލާ ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ މަދު ގާއުމުތަކުގެ ތެރެއިން އެއްގައުމެވެ. އަދި ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ބަންދުކޮށް ޙިޞޯރުކޮށްފައި ބޭއްތިއްބުމުގައިވެސް މިސްރުދަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ. މިސްރުގައި މެދު ކެނޑުމެއް ނެތި ކުރިޔަށް ދާ މުޒާހަރާ ތަކާމެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީވެސް އެމެރިކާއާއި، އިޒްރޭލުންނެވެ. މިސްރުގެ ސަރުކާރުން ބާރުގެ ބެނުންކޮށް ހަމަނުޖެހުންތައް ހުއްޓުވުމަށްވެސް އިޒްރޭލުންވަނީ ހުސްނީ މުބާރަކަށް ގޮވާލައްވާފައެވެ. ތަޖުރިބާކާރުން ހާމަކުރަށްވާ ގޮތުގައި، އެމެރިކާއާއި، އިޒްރޭލުން، މިސްރުގައި ހިނގަމުން މިދާ ހަމަ ނުޖެހުންތަކާ އެހާ ކަންބޮޑުވުނއ ފާޅުކުރަނީ، މިސްރުގައި މިހާރު އޮތް ސަރުކާރު ވެއްޓި ދެން އަންނަ ސަރުކާރަކުން އެ ދެޤައުމަށް އެއްބާރުލުން ނުދީފާނެތީއެވެ. އަދި، ފަލަސްޠީނު ޙިޞޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް އަތުވެދާނެތީއެވެ.

















Mubarique is one of Dictator and enemy of Muslims in the name if Muslim. He support and give assistance to Israel and their ruthless activities. Their is no choice for Egyptians other than bring down his power.
މިސްރުގެ ރައްޔަތުންގެ އެދުމަކީ މުބާރަކް އިސްތިޢުފާދިނުން. ކެބިނެޓް ބަދަލުކުރުމެއްނޫން.