އުރުދުނުގެ ކޯޓުތަކުގައި ބުރުގާނަޅާ އުޅޭ އަންހެނުންގެ ހެކިބަސް ޤަބޫލުނުކުރާގޮތަށް ހަމަޖައްސައިފިކަމަށް އެޤައުމުގެ "އަލްޣަދު" ދުވަހު ނޫހުން ހާމަކޮށްފިއެވެ.
އުރުދުނުގެ ޤާނޫނީ ދާއިރާގެ މަޞްދަރުތަކާއި ހަވާލާދީ އެނޫހުން ހާމަކޮށްފައިވާގޮތުގައި އުރުދުނުގެ ވެރިރަށް ޢައްމާނުގެ އިސްތިއުނާފީ ކޯޓުން ވަނީ ބުރުގާނާޅާ އުޅޭ އަންހެނުންނަކީ ހެކިބަސްދިނުމުގެ އަހުލިއްޔަތު [އަހުލުވެރިވާން ބޭނުންވާ ކަންތައްތައް] ފުރިހަމަނުވާ ބައެއްކަމަށް ބުނެ ވަރަށް ފަހުން ޤަރާރެއް ފާސްކޮށްފައެވެ.
އަދި ބުރުގާ ނޭޅުމަކީ އަންހެނެއްގެ ހެކިބަސް ޤަބޫލުކުރުން މަނާކުރުވާ ކަމެއްކަމަށްވެސް އެޤަރާރުގައިވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ބުރުގާނޭޅުމަކީ އަންހެނުންގެ ހެކިބަސް ޤަބޫލުކުރުމުގައި ފުރިހަމަވާންޖެހޭ ކަންތައްތަކަށް އުނިކަން ގެނެސްދޭ ކަމެއް ކަމުގައި، އުރުދުނުގައި މިވަނީ ވެގެން ގޮސްފައެވެ.
_______
މަޞްދަރު: މަޖައްލަތުލްްބަޔާން

















ޚިޔާލު