ރާއްޖޭގެ ޚަބަރު

ރައީސް ނަޝީދު ދިރިއުޅުއްވި ގެއިން ބަނގުރާ ފެނުނު މައްސަލަ ޕީޖީއަށް ފޮނުވައިފި

ފެބުރުއަރީ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވި ގެއިން ފެނުނު ބަނގުރާ ފުޅިތައް | ދިއިސްލާމް ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވި ގެއިން ބަނގުރާ ފެނުނު މައްސަލަ ޕީޖީއަށް ފޮނުވައިފި އެވެ.

މިއީ މި މައްސަލަ ޕީޖީއަށް ފޮނުވި ދެވަނަ ފަހަރެވެ. މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުރަތަމަ ފަހަރަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް 12 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް ފަހު އިތުރަށް ތަހުގީގު ކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް ފޮނުވާފަ އެވެ.

މިކަމާ ގުޅޭގޮތުން ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ މި މައްސަލާގައި ދައުވާކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށާއި އެމަނިކުފާނުގެ އެގްޒެކްޓިވް ސާވިސް މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އާއި ރައީސް އޮފީހުގެ އޭރުގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގެ މައްޗަށް ކަމަށެވެ.

މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދު ކޮށްފައިވާ ރާފުޅިތައް ވެސް ހުރިއިރު ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ތަކެތި ހުއްޓެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ތިޔަމައްސަލަ ހިނގާނެ ކަމަކަށް ނުފެނެއެވެ. ރާއްޖޭގައިވެސް އޮތީ ވެރިންނަށް އަދި ކަމުވޮށިންނަށް ނޫނީ މަލައުންގެ މީހުންނަށާއި މުތުރަފީންނަށް މޮޅުގޮތެވެ. ވެރިޔެއްގެ މައްސަލަ މިހާތަނަށް ބެލިފައެއްނެތެވެ. އަނެއް (އިސްލާމީ ފުކުރުގެ އިދިކޮޅު ފިކުރުގެންގުޅޭނެ) ދިވެހިރާއްޖެ އުފެއްދުމުގެ ދެވަނަަ ބުރު މިހާރު މިދަނީ ކުރަށެވެ. ﷲގެ ވާގިފުޅުން، އެއްބުރުން އައުޓްކުރައްވާށިއެވެ.

Your email address will not be published. Required fields are marked *