މިދިޔަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވި ގެއިން ބަނގުރާ ފެނުނު މައްސަލަ ޕީޖީއަށް ފޮނުވައިފި އެވެ.
މިއީ މި މައްސަލަ ޕީޖީއަށް ފޮނުވި ދެވަނަ ފަހަރެވެ. މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުރަތަމަ ފަހަރަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް 12 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް ފަހު އިތުރަށް ތަހުގީގު ކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް ފޮނުވާފަ އެވެ.
މިކަމާ ގުޅޭގޮތުން ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ މި މައްސަލާގައި ދައުވާކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށާއި އެމަނިކުފާނުގެ އެގްޒެކްޓިވް ސާވިސް މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އާއި ރައީސް އޮފީހުގެ އޭރުގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގެ މައްޗަށް ކަމަށެވެ.
މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދު ކޮށްފައިވާ ރާފުޅިތައް ވެސް ހުރިއިރު ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ތަކެތި ހުއްޓެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...