އަރަބިދުނިޔެ

މިޞްރަށް އަސްކަރީޔާއިން އިސްލާމީ ޓީވީ ޗެނަލްތައް ބަންދުކޮށްފި

 މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- ގެ ވެރިކަށް ވައްޓާލާ އެޤައުމުގެ އަސްކަރިއްޔާއިން ބަޔާން އިއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެޤައުމުގައި އިސްލާމީ ޝަރުޢީ މިންގަނޑުގެ ތެރޭގައި ހިންގާ ޓީވީ ޗެނަލްތައް ބަންދުކޮށްފިއެވެ. މިޞްރުގެ އަސްކަރިއްޔާއިން ބަންދުކުރި ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު " އައްނާސް" ޗެނަލް ހިމެނެއެވެ.

 އަދި އަނެއްކޮޅުން އަސްކަރިއްޔައިން ވަނީ މިޞްރުގެ ވެރިކަށް ރައްޔިތުންގެ އަޣުލަބިއްޔަތުން ހޯދާފައިވާ  އިޚްވާނުލްމުސްލިމީންގެ " ޖަސްޓިސް އެންޑް ފުރީޑަމް"  ޕާޓީ ޓީވީ ޗެނަލް "މިޞްރު25" ގެ ލައިވު ކަވަރޭޖުވެސް ކަނޑާލާފައެވެ. މިކަމުގެ ސަބަބުން މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- އަށް ތާއިދުކޮށް ޞުލަޙަވެރި ކަމާއި އެކު އެއްވުން ބާއްވާ ފަރާތަކުގެ މެދުގައި މުޢާމަލާތް ކުރުމަށް ވަނި ދަތިވެފައެވެ.

 މަޞްދަރު: އިސްލާމް މެމޯ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *