މިހާރު ދުނިޔޭގައި ހުންނެވި ޙާދީޘް ޢިލުމުގެ ފުއްނާބު އުސް މިޞްރުގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ އައްޝެއިޚް އަބޫ އިސްޙާޤު އަލްޙުވައިނީ މިޞްރުގެ ރައީސް މުޙައްމަދު މުރްސީއަށް ތާއިދުކޮށް ސުލުޙަވެރި އެއްވުންތައް އެޤައުމުގެ އެކި އެކި މައިދާންތަކުގައި ބޭއްވުމަކީ ރަނގަޅުކަމެއްކަމަށް ވިދާޅުވެއްޖެއެވެ.
ޝެއީޚްގެ ދަރިފުޅު ޙާތިމް އަލްޙުވައިނީ އޭނާގެ ރަސްމީ ފޭސްބުކު ޕޭޖުގައި މިކަށް ހާމަކުރަވަމުން ލިއުއްވާފައިވަނީ " އަހުރެންގާތު ބައްޕަ ޝެއިޚް އަބޫ އިސްޙާޤު އަލްޙުވައިނީ ވިދާޅުވިއެވެ. : މިހާރު އަހުރެންދެކެގޮތުގައި ތާއިދުކުރުމަށްޓަކައި ( މިޞްރުގެ އިންތިޚާބީ ސަރުކާރަށް) ސުލުޙަވެރިކަމާއި އެކު މީސްތަކުން އެއްވެ މައިދާތަކަށް ނުކުނަށްވެއްޖެއެވެ." އަދި އިތުރަށް ޝެއީޚްވިދާޅުވެފައިވަނީ : "އަހުރެން 30 ޖޫން އާއި ހަމައަށް މިކަމުގައި ވަކިގޮތެއް ނުނިމަމެވެ. ނަމަވެސް މިހާރު އަހުރެން ދެކޭގޮތުގައި ސުލްޙަވެރިކަމާއި އެކު މައިދާންތަކަށް އެއްވެ ޖާމާވާންވީއެވެ."
އަނެއްކޮޅުން މިޞްރުގެ ޓިވީ ޕުރެޒެންޓަރ އެއްކަމަށްވާ އައްޝެއިޚް ޚަލިދު އަބްދުﷲ މިދިޔަ އަންގާރަ ދުވަހު ވަނީ މިޚަބަރު ކަށަވަރުކޮށްދީފައެވެ. ޚާލިދު ހާމަކުރާގޮތުގައި އޭނާ ޝެއިޚް އަލްޙުވައިނީއާއި ފޯނުން ގުޅާ އެކަމާއި ބެހޭގޮތުން ވަނީ ސުވާލުކޮށްފައެވެ. އެކަމުގެ ޖަވާބުގައި މިޞްރުގައި ހިގަމުން އަންނަ ދެކޮޅުވެރި ހާދިޘާތަކާއި ދެކޮޅަށް ސުލްޙަވެރިކަމާއި އެކު މީސްތަކުން އެއްވެ ޖަމާވުމަކީ މައްސަލއެއްކަމަށް ދެކެވަޑައިނުގަނަވާކަމަށް ޝެއިޚްވިދާޅުވިކަމަށް ޙާލިދު ހާމަކުރިއެވެ. އަދި ޖޫން 30 ވަނަ ދުވަހާއި ހަމައަށް ޝެއިޚް އަލްހުވައިނީ ހުންނެވީ މި މުޒާހަރާތަކާއި މެދު ވަކިގޮތެއް ނުނިންމާވާކަމަށައި އެއި މިސްތަކުންގެ ލޭ އޮހުރުނަނުދޭވެގެންކަމަށް ޝެއިޚް ދެންނެވިކަމަށް އޭނާ އިތުރަށް ހާމަކުރެއްވިއެވެ.
ކޮންމެއަކަސް ޝެއިޚް އަބޫ އިސްޙާޤު އަލްހުވައިނީގެ ފަރާތުން މިޞްރުގެ ރައިސް މުރުސީގެ ވެރިކަމާއި ދެކޮޅަށް ލާދީނީ ސެކިއުލާރ މީހުންނާއި ނަޞާރާ ފައްޅިތަކާއި އަދި ކުރީގެ ރައީސް މުބާރަކުގެ އެން.ޑީ.ޕީ ޕާޓިން ކުރަމުން އަންނަ ހަމަނުޖެހުން ބޮޑު މުޒާހަރާތަކާއި ދެކޮޅުވެރިކަން ހާމަކުރުމަށައި އަދި މިހާރުގެ ސަރުކާރަށް ތާއިދުކުރާކަށް ހާމަކޮށްދިނުމަށް އެއްވެ ޖަމާވުމަށް ގޮވާލައްވާފައި މިވަނި މިޞްރުގެ މީޑިޔާގައި ޙަރަކާތެރިވާ މުބާރަކުގެ ވަފާތެރިއެއްކަމަށްވާ ޚައިރީ ރަމަޟާނު ޝެއިޙް އާއި ބެހޭގޮތުން ދޮގު މަޢުލާމަތުތަކެއް ފަތުރާފައިވަނިކޮށެވެ. ޝެއިޚް އަބޫ އިސްހާޤު އަލްހުވައިނީ ރައިސް މުރުސީއަކަށް ތާއިދުނުކުރަވާކަމަށާއި އަދި ރައީސް އަށް ތާއިދުކޮށް އެއްވުން ބޭއްވުމަށްވެސް ދެކޮޅުހައްދަވާކަމަށް ޚައިރީ ވަނީ މީޑިއާގައި ދޮގުފަތުރާފައެވެ.

















ޚިޔާލު