އަރަބިދުނިޔެ

ސައޫދީގެ ހަފުތާ ބަންދަކީ ހުކުރު އަދި ހޮނިހިރު ކަމަށް ހަމަޖައްސައިފި

ސައޫދީ އަރަބިއްޔާގެ ހަފުތާ ބަންދަކީ ހުކުރު އަދި ހޮނިހިރު ކަމަށް ހަމަޖައްސައިފިއެވެ.

ސައުދީގެ ރަސްމީ އިދާރާތްތަކާއި ހަވާލާދީ މީޑީއާ ރިޕޯޓް ބުނާ ގޮތުގައި މިބަދަލަކީ ރަސްގެފާނުގެ ގަރާރަކުން ނިންމާފައިވާ ނިންމެއް ކަމަށާއި މި ހަފުތާއިން ފެށިގެން ސަރުކާރުގެ އޮފީސްތަކުން އެގޮތަށް އަމަލުކުރަން އެގަރާރުން އަންގާފައިވާކަމަށެވެ.

ހަފުތާ ބަންދު ދުވަހަށް ސައުދީ އިން ބަދަލު ގެނެސްފައިވަނީ "އިގްތިސާދީ މަސައްކަތްތައް ހިންގުމުގައި މުހިންމު ބަދަލެއް"ކަމަށް ބުނަމުންނެވެ.

ސައުދީ އަރަބިއްޔާގެ ކުރީގެ ހަފުތާ ބަންދަކީ ބުރާސްފަތި އަދި ހުކުރު ދުވަހެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *