އަންނަ ހުކުރު ދުވަހު ޤާހިރާގައި ހުންނަ ފަރަންސޭސިވިލާތުގެ އެމްބަސީ ކުރުމަތީގައި މުޒާހަރާކުރުމަށް މިޞްރުގެ ޖަމާޢަތްތަކުން ގޮވާލައިފިއެވެ.
އިސްލާމީ ޢުޞޫލުތައް ދެމެހެއްޓުމަށް ގޮވާލާ ޖަމާޢަތްތަކުން މިކަމަށް ގޮވާލީ މިދިޔަ ހަފްތާގެ ހުކުރުދުވަހު ފަރަންސޭސިން އިސްވެއޮވެ އެފްރިކާ ބައްރުގެ އިސްލާމީ ޤައުމެއްކަމަށްވާ މާލީގެ އުތުރު ސަރަޙައްދުތަކުގައި ވެރިކަން ކުރަމުން އަންނަ މުސްލިމު މުޖާހިދުންނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އާއި ދެކޮޅުހެދުމުގެ ގޮތުންނެވެ.
"އިސްލާމީ ޖަމާޢަތްތަކުގެ ގުޅުމުގެ" ފަރާތުން އަންނަ ހުކުރުދުވަހުގެ ހުކުރުނަމާދަށްފަހު އިރާދަކުރެއްވިއްޔާ ފަރަންސޭސިވިލާތުގެ އެމްބަސީކުރިމަތީގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. އެއީ މާލީގައިވާ އަހަރުމެންގެ އަޚުންނާއި ދެކޮޅަށް އަޅާފައިވާ ޙިޞާރުތައް ނައްތާލާ އަދި އެތާގެ މުސްލިމުންނާއި ދެކޮޅަށް ދުނިޔޭގެ ބާރުތަކުން ހިންގާ ޖަރީމާތަކާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ." ބާވިސް ޖަމާޢަތް ގުޅިގެން އުފައްދާފައިވާ " އިސްލާމީ ޢާއްމު ޖަމާއަތްތަކުގެ ގުޅުމުން" އާދިއްތަ ދުވަހު އާއްމުކުރި ބަޔާނުގައިވެއެވެ.
އަދިވެސް އެގުޅުމުން ސިފަކުރާގޮތުގައި މި އެއްވުމަކީ އެހެން އެއްވުންތަކާއި ޚިލާފުއެއްވުމެކެވެ. އެއީ މި އެއްވުމުގައި ފަރަންސޭސިވިލާތުގެ އުފެއްދުންތަކާއި ރެސްޓޯރެންޓުތަކާއި އަދި ކުންފުނިތަކުގެ ނަންތައް އެއްކޮށް އެނަށްތައް ލިޔެފައިވާ ގަނޑުތަކެއްބެހުން ހިމެނޭތީއެވެ. އެއީ ފަރަންސޭސިވިލާތުގެ ތަކެތި ބޮއިކޮޓްކުރުމުގެ ފުރަތަމަ މަރުހާލާ ފެށުމުގެ ގޮތުންނެވެ. އަދި މީގެ އިތުރުންވެސް އެހެން ޙަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް އެފަރާތުންވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮންހަރަކާތްތަކެއްކަމެއް ނުބުނެއެވެ.
މަޞްދަރު: އިސްލާމް މެމޯ.

















ޚިޔާލު