މިދިޔަ އަންގާރަ ދުވަހު ތުރުކީގެ އިރުދެކުނުގައިވާ ސޫރިޔާގެ ރެފިއުޖީން އުޅެމުންދާ ފޭލިގެތަކު ތެރެއިން ފޭލިގެއެއްގައި އަލިފާނުގެ ޙާދިޘާއެއް ހިގައިފިކަމަށް އެޤައުމުގެ މަސްއޫލުވެރިން ހާމަކޮށްފިއެވެ. އަދި މި ޙާދިޘާގައި ސޫރިޔާގެ މާބަނޑު އަންހެނަކާއި އޭނާގެ ތިންދަރިންވަނީ މަރުވެފައިވާކަމަށް ރަސްމީ ޚަބަރުތައް ބުނެއެވެ.
މިޙާދިޘާއާއި ބެހޭގޮތުން ތުރުކީގެ މަސްއޫލުވެރި ފަރާތަކުން އިތުރަށް ހާމަކުރައްވާގޮތުގައި މިޙާދިޘާ ހިގަން މެދުވެރިވީ މިޙާދިޘާގައި މަރުވި އާއިލާ ދިރިއުޅެމުން އައި ފޭލިގޭގައި ދިމާވި ކަރަންޓު ސޯޓެއްގެ ސަބަބުންނެވެ. އަދި މި ޙާދިޘާހިގާފައިމިވަނީ ތުރުކީއާއި ސޫރިޔާގެ ބޯޑަރު ކައިރީގައިވާ ތުރުކީގެ ސިޓީއެއްކަމަށްވާ ސަނަލްޔޫރަފާ ގެ "ޖިޔިލާނަބީނާރު" ގެ ފޭލިގެތަކުގައެވެ. މިއީ ތުރުކީގައިވާ މިފަދަ ފަނަރަ ރެފިއުޖީ ފޭލިގެ ތަކުގެ ތެރެއިން އެންމެ ބޮޑު ރެފިއުޖީފޭލިގެތަކެވެ. މިތަނުގައި 28ހާސް ސޫރިޔާގެ ނިކަމެތި މުސްލިމު ރެފިއުޖީން ދިރިއުޅެމުން އަންނަ އިރު ތުރިކީގެ އެކިސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ރެފިއުޖީ ފޭލިގެތަކުގައި ސޫރިޔާގެ 150 ހާސް މުސްލިމުރެފިއުޖީން އަންނަނީ ދިރިއުޅެމުންނެވެ.
ތުރުކީގެ ހުޅަނގުގައިވާ މިފަދަ ރެފިއުޖީ ފޭލިގެތަކެއްގައި މީގެ މަސްތަކެއްކުރިން ހިގި އަލިފާނުގެ ޙަދިޘާއެއްގައިވަނީ 2މީހުންމަރުވެ އިތުރު 6 މީހުން ޒަޚަމުވެފައެވެ.
2011 ވަނަ އަހަރު މާރޗްމަހުން ފެށިގެން ސޫރިޔާގައި ހިގަމުން އަންނަ ހަނގުރާމާގައި ވަނީ އެތަށް ބަޔަކު ގެދޮރު ގެއްލި ޙާލުގައި ޖެހިފައެވެ.
މަޞްދަރު: އިސްލާމް މެމޯ.

















ޚިޔާލު