ދީނީ ލިޔުންދީން

ސިޔާސީ ޕާޓީ އެއްގައި ބައިވެރިވެ ސިޔާސީ މުޡާހަރާ ތަކުގައި ބައިވެރިވުމުގެ ޙުކުމް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިސްލާމްދީން އެދީނުގެ އަހްލުވެރިންނަށް ގޮވާލަނީ ޙައްގު ގޮތުގައި އެންމެން އެއްބައިވެ، އެކަތިގަނޑަކަށް ވެގެން ތިބުމަށެވެ. ބައިބައިވެ ވަކިވެ ނުގަތުމަށެވެ. ޙައްގުގޮތް އެނގި، އެގޮތް ދޫކޮށްލާ ވަކިވެގަތުމަށް މަސައްކަތް ކުރުމަކީ ނުވަތަ ވަކިވެގަތުމަކީ މުސްލިމުންގެ ގޮތެއް ނޫންކަން ވަނީ އަންގަވާފައެވެ. އޭގެ ސަބަބުން މުސްލިމުންގެ އާރާއި ބާރުގެއްލި، ނިކަމެތިވެދާނެތީވެއެވެ. އަދި އޭގެ ސަބަބުން ޢަދާވާތްތެރިނަށް އެއްވެސް އުނދަގޫކަމެއްނެތި މުސްލިމުންގެ މައްޗަށް އަތްގަދަ ކުރެވިދާނެތީވެއެވެ. ސޫރަތު އާލުޢިމްރާގެނ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّ‌قُوا ۚ وَاذْكُرُ‌وا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَ‌ةٍ مِّنَ النَّارِ‌ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ﴿١٠٣﴾) މާނައަކީ: " ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ."

އަޅުގަޑުވެސް ގަބޫލު ކުރަނީ ޕާޓީ ސިސްޓަމް އަކީ ދިވެހި ރާއްޖެ އާއި ގުޅޭ ސިސްޓަމް އެއް ނޫން ކަމަށެވެ. އޭގެ ސަބަބުން ފެށިފައިވާ ފިތުނަތައް ވަނީ އިންތިހާ ދަރަޖަ އަށް މައްޗަށް ގޮސްފައެވެ. ނުވީތާކަށް ސިޔާސީ ބޭނުމެއްގައި ދީނީ ޢިލްމުވެރިޔާ، އަދި ރަޢްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަނީ ދުނިޔެއިން ނެތިކޮށްލެވިފައެވެ.

އަޅުގަޑުމެން ކިތަންމެ ނުރުހުނު ނަމަވެސް ދިވެހި ރާއްޖެ އަށް މިއޮތީ ޕާޓީ ސިސްޓަމް ތަޢާރަފު ކުރެވިފައެވެ. ޕާޓީ ތައް އުފެދިފައެވެ. ޕާޓީ ތައް ޙަރަކާތްތެރިވާން ވެސް ފަށިފައެވެ. އަދި ޕާޓީ ތަކަށް މިވަނީ ވަރުގަދަ ބާރުތަކެއްވެސް ދެވިފައެވެ. އާދައިގެ ޖަމްޢިއްޔާ ޖަމާޢަތަކަށް ނުލިބޭ ވަރުގެ ބާރުތަކައް ލިބިދެއެވެ. ރާއްޖޭގައި ޕާޓީ ސިސްޓަމް އުފެއްދުމަށް އެންމެ ބޮޑަށް ބާރުއަޅަމުން ދިޔައީ ބޭރުގެ ގައުމު ތަކުންނެވެ. ރާއްޖޭގައި އެކި ދީންތަކަށް ދޮރު ހުޅުވާލެވިފައި އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ކުރަމުން ދިޔަ ފަރާތްތަކުންނެވެ. އޭރު ރާއްޖޭގައި އޮތް ގާނޫނު އަސާސީ ބުނާ ގޮތުން ސިޔާސީ ޕާޓީ ނުއުފެއްދޭނެ ކަމަށް އޭރުގެ ރަޢްޔިތުންގެ މަޖިލީހުން ނިންމާފައިވީނަމަވެސް، ފަހުން އެނިންމުން ވަނީ ބަދަލު ކުރެވިފައެވެ. ޕާޓީ ސިސްޓަމް އުފެއްދޭނެ ކަމަށް ބުނެ އެކަމުގެ ހުއްދަ ދީފައެވެ. މިކަން މިގޮތަށް ކުރުމަށް އެބޭފުޅުންނަށް މަޖްބޫރުވީ ބޭރުގެ ފިއްތުން ތަކާ ހުރެއެވެ. ކޮންމެ އަކަސް މިދަރަޖަ އަށް ކަންތައް ދިޔުމުން، ދީން ޙިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތް ތަކަށް ދެއަތް އުރާލައިގެން މަޑުން ތިބެވޭކަށް ނެތެވެ. ކޮންމެވެސް ކަމެއް ކުރަން ޖެހިއްޖެ ކަމަށް ގިނަ ޝައިޚުންނަށް ގަބޫލު ކުރެވިގެން ހ. ކީރަންމާގޭގެ ފުރަތަމަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ސިޓިންގް ރޫމް ތެރޭގައި ބައްދަލުވުމެއް ބޭއްވުނެވެ. އެބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާ އެއް ގައި މިކަމުގައި ވަކާލާތު ކުރެވުނެވެ. އަދި ބައްދަލުވުމުން ނިންމުނީ ދީން ޙިމާޔަތް ކުރުމަށް ޓަކައި ސިޔާސީ ޕާޓީ އެއް އުފައްދަން ޖެހޭ ކަމަށެވެ. އެހެންކަމުން، ގިނަ ދީނީ ޢިލްމުވެރިން ތަކެއް ބައިވެރި ވެގެން "ޢަދާލަތުޕާޓީ" ކިޔާ ޕާޓީ އެއް އުފެއްދުމުގެ މަސައްކަތް ފަށައިގަނެވި ﷲގެ ރަޙްމަތާއި މަދަދުން، އަދި ގިނަ ބަޔެއްގެ ދީލަތި އެހީތަކާއި އެކު އެކަން ކާމިޔާބު ކުރެވުނެވެ.

ފަށަމުންވެސް ދެންނެވި ފަދައިން ޕާޓީ ސިސްޓަމް އަކީ ދިވެހި ރާއްޖެ އަށް އެއްގޮތަކަށް ވެސް ގުޅޭ ސިސްޓަމެއް ކަމަށް ޚުދު އަޅުގަޑު ގަބޫލެއް ނުކުރަމެވެ. ނަމަވެސް، ދީން ޙިމާޔަތްކޮށް، މީސްތަކުންނަށް ދީނުގެ ދަޢްވަތު ފޯރުކޮށް ދިނުމަށް ޓަކައި ހިފެން ހުރި ހުރިހާ ވަސީލަތްތަކެއް ގައި ހިފުމަކީ ވާޖިބު ކަމެއް ކަމުގައި ދެކެމެވެ. މީގެ މިޘާލެއްގެ ގޮތުން މޫސާ ޢަލައިހިއްސަލާމް އާއި ޚިޟްރު ޢަލައިހިއްސަލާމްގެ ދަތުރު ގައި ދިމާވި ކުޑަކުއްޖާގެ ވާހަކަ ބުނެލާނަމެވެ. އެ ކުޑަ ކުއްޖާ އަކީ ކުށެއް ނުކުރާ ތުއްތު ކުއްޖެކެވެ. ޙައްގަކާ ނުލާ މީހަކު މަރާލުމަކީ ނުލާހިކު ބޮޑު ނުބައި ކަމެއްކަމުން އެކަމާ މޫސާ ޢަލައިހިއްސަލާމް ސުވާލު ކުރައްވަމުން ވިދާޅުވީ މިފަދައިންނެވެ. (قَالَ أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ‌ نَفْسٍ لَّقَدْ جِئْتَ شَيْئًا نُّكْرً‌ا ) މާނައަކީ: " އެކަލޭގެފާނު ވިދާޅުވިއެވެ. އެކަކުވެސް މަރާފައިނުވާ، ކުށެއްނެތް، طاهر نفس އެއް، ކަލޭގެފާނު ތިޔަ قتل ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ"..ފަހުން އެކަމުގެ ޖަވާބު ދެއްވަމުން ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވީ މިފަދައިންނެވެ. (وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْ‌هِقَهُمَا طُغْيَانًا وَكُفْرً‌ا ﴿٨٠﴾ فَأَرَ‌دْنَا أَن يُبْدِلَهُمَا رَ‌بُّهُمَا خَيْرً‌ا مِّنْهُ زَكَاةً وَأَقْرَ‌بَ رُ‌حْمًا ﴿٨١﴾ )މާނައަކީ: " އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) مؤمن ން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި كافر ވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ.."

މިތަނުގައި ދަންނަވަން މިއުޅުނު ވާހަކައަކީ، ދީން ދިފާޢުކޮށް، މަތިވެރި ކުރުމަށް ޓަކައި ކިތަންމެ ކުރަން ބޭނޫން ނޫން ކަމެއްވެސް ޖެހޭނީ ކުރާށެވެ. ބަލިވީމާ ބަލިން ފަސޭހަވުމަށް ކިތަންމެ ހިތި ނުބައި ބޭހެއް ނަމަވެސް ބޯން ޖެހޭ ފަދައިންނެވެ.

ސުވާލުގެ ޚުލާޞާ ޖަވާބެއްގެ ގޮތުގައި ދަންނަވަމެވެ. ދިވެހި ރާއްޖެ އިން ހުރިހާ ސިޔާސީ ޕާޓީ އެއް އުވާލުމަށް އަޅުގަޑު 100% ތާޢީދު ކުރަމެވެ. ނަމަވެސް، ދިވެހި ރާއްޖޭގެ ވުޖޫދުގައި އެއްވެސް ޕާޓީ އެއް އޮންނަނަމަ، ދީން ޙިމާޔަތް ކުރުމަށްޓަކައި އުފެއްދިފައިވާ ޢަދާލަތުޕާޓީ ދެމި އޮންނަން ޖެހޭނެއެވެ. އެކަން އެގޮތަށް ވުމަށް ކޮށަން ޖެހޭ ހުރިހާ މަގެއް ކޮށާ ސާފު ކުރުމަކީ ލާޒިމް ކަމެކެވެ. والله أعلم.

ގުޅުންހުރި

13 ޚިޔާލު

  1. ވަރަށް ރަގަޅު!

  2. މައްކާގައި ޖާހިލިއްޔަތު ވެސް އޮތެވެ، އެއީކީ މައްކާ އާ ގުޅޭ އެއްޗެއް ނޫންކަން މައްކާގެ އަދި ޢާލަމްތަކުގެ ވެރި رب ދެނެވޮޑިގެންވިއެވެ، އެހެން ކަމުން އެ اله މައްކާ އަށާއި އަދި މުޅި ޢާލަމްތަކަށް ރަޚްމަތެއް ކަމުގާ ރަސޫލަކު ފޮނުއްވިއެވެ، އެކަލޭގެފާނަށް ޤުރްޢާން އާއި ޙިކްމަތް ދެވުނެވެ، އެކަލޭގެފާނާއި އަރިހުގައި ޢީމާންވި މީހުން އެ ޖާހިލިއްޔަތު ކޮށާ ކުދިކޮށް ނައްތާލިއެވެ، ޖާހިލިއްޔަތުގައި އޮތް ހަމައެކަނި ޢިސްލާމްދީން ހިމާޔަތްކުރާ ޖަމާޢަތައް ވެގެނެއް ނޫނެވެ، އެ ޖާހިލިއްޔަތާއި ބަރިއްޔަވެ، އެޔާ ދުރުވެގެން ވާ ހާލުގައެވެ، މުސްތަޤިއްލުކޮންނެވެ، ﷲ ދެއްކެވި މަގުންނެވެ،
    ‘ދެން އޮތީ ގޭދޮށުގައި އުޅޭ ތުއްތު ކުއްޖެއްގެ ވާހަކައެވެ، އެއްފަހަރުން ޖަހާ އޭނާގެ ބޯ ކަނޑާ ނުލާށެވެ،’ އެހެނީ ﷲ ގެ އެންމެ މަތިވެރި އެއް ރަސޫލައް ތުއްތު ކުއްޖަކު ޤަތުލުކުރަން ފަހުމް ނުވިކަން އެއީ ﷲ ގެ ޙިކްމަތެވެ، އަދި ޚިޟްރު ޢަލައިހިއްސަލާމް އަށް ތުއްތު ކުއްޖަކު ޤަތުލުކުރަން އެނގުނީ ޙާއްސަ ޢިލްމެއް ﷲ ގެ ޙަޒުރަތުން އެކަލޭގެފާނަށް ލިބުމުންނެވެ. ހިތުގައި މުޢްމިނެއްގެ މައްޗަށް ބުރަ ކަމެއް ނުލައްވާތޯ ދުޢާކުރާ ހާލު ނަސޭޙަތްތެރިވަމެވެ، މިދީން ﷲ ޙިމާޔަތްކުރައްވާނެއެވެ، އަހަރުމެންގެ ވާޖިބަކީ ރަސޫލާ صلى الله عليه وسلم ދެއްކެވި އަދި ކޮށާދިން މަންޚަޖުން ކުރިއަށް ދިއުމެވެ، ދުޢާ އަކީ މިނިކަމެތި އަޅާގެ ކޮމެންޓް ޝޭޙް އަށް ފޯރުމެވެ، އަދި މިއަޅާއަށާއި އަދި އެންމެހާ މުސްލިމުންނަށް ކާމިޔާބު ލިބުމެވެ، ހަމަކަށަވަރުން ނަސްރަކީ ﷲ ދެއްވާ އެއްޖެކެވެ

  3. އަހަރެން ހިތައްއަރާ މިއަދު ރަސޫލާ ސއވ ދުނިޔޭގައި ހުންނެވިނަމަ ކިހިނެތްބާއޭ މިއަދު ކަންތަށް ކުރަށްވާނީ؟ …. ނުބައި މުޑުދާރު އެއްޗަކުން ރަގަޅެއް ނުނެރެވޭނެކަން ޔަގީން.

  4. އަޅުގަނޑު ދެކޭގޮތުގައި ތިބުނިވާހަކަތަށް ވަރަށްރަނގަޅު މިހާރު މިގައުމުމިދާމިސްރާބުން ދީންދިފާއުކުރުމަށްޓަކައި ޕާރޓީ ނިޒާމުގެތެރެއިން މަސަތްކަތް ކުރެވެންއޮތީ، އެއީ ގާނޫނުހަދައިފާއި އޮތްގޮތުން ހުރިހާބޭފުޅުންވެސް މިކަމަށް އެއްބާރުލުން ދިނުންވަރަށް މުހިންމު އިލްމުވެރިން މިގައުމުގައި ދީނުގެ ދީފާއުގައި މަސްތްކަތްކުރަން ނިކުންނަކޮންމެ ފަހަރަކު އެބޭފުޅުންނާއި އިދިކޮޅަށް މަސަތްކަތްކުރާ ދީނީސިފަ ބޭރުފުށުން ދައްކައިގެން އުޅޭ ވަރަަށް ނުރަށްކާތެރި ޕާރޓީއެއް ހަރަކާތްތެރިވޭ އެއީ އެސް، އެސް ޕާރޓީ އެމީހުން ރަޖިސްޓްރީއެއްނުކުރޭ ޕާރޓީއެއްގޮތަށް އެކަމަކު އެމީހުން މަސައްކަތްކުރަނީ ހަމަ ޕާރޓީ އެއްގޮތަށް މިބައިމީހުން ވަރަށް ބޮޑަށް މަސަތްކަތްކުރޭ ދީނާދުކުރުމަށް މަސަތްކަތްކުރާ ޕާރޓީއަކަށް ކާމިޔާބު ހޯދައި ދިނުމަށް، މީހުންނަކަށް ނޭގޭނެތާ ބޭރުފުށް ވަރަށް ދީންވެރިކޮށް ފެންނަނީ ރާއްޖޭގައި ތިއްބެވި ދީނުގެ ހައުލުވެރިން ރަލުގެ ކަންތަކަކާއި، އަރަބީއްޔާ މައްސަލައާއި، އައްޑޫގައި ބެހެއްޓި ބުދުކަންތަކާއި، އިސްލާމް ދިވެހިމާއްދާގެކަންތަކާއި މިހެން ގޮސް މިފަދަބޮޑެތި މައްސަލަތަލުގައި ދީނުގެ އަހުލުވެރިން ނުކުތުމުން އެކަމާ އިދިކޮޅަށް ފަތުވާތަށްވެސް އެއިރުވެސް ނެރުނު ނުނުކުމެވޭނެކަމަށް ބުނެ، މި އެސް، އެސް ކިޔާ ޕާރޓީ މިބައިމީހުން ދެކޭގޮތުގައި ސިއްރުން ގެއްގެ ތެރޭގައި ނަސޭހަތްކޮޅެއްދީފައި ތިބީމަނިމުނީ އެމީހުން އެތަބާވާ މީހާބުނާގޮތަށް އެއީ ވަރިހަމަ އެމީހާރޯނުބައިކޮށް އަރަބިބަސް ތަރުޖަމާކޮށްފަ ކިއައިދިން ކަމުގައިވިއަސް އެހެން ބަޔަކު ދޭނަސޭހަތެއްވެސް ގަބޫލުކުރާބައެއްނޫން އެމީހުންނޫން އެންމެން އެއީ ބިދުއަވެރިން މިމީހުން ބޭނުންވާގޮތަކަށް ފަތުވާތަށްވެސް މާނަކުރަނީ އެވަރުގެ ނުރަށްކާތެރި ޕާރޓީއެއް މި އެސް، އެސް އަކީ މިބައިމިހުންގެ ކިބައިން ދީނަށް ލޯބިކުރާ ކުދީ ސަލާމަތްވުން ވަރަށް މުހިންމު އަޅުގަޑު ބުނެލަން އޮތީ ޝައިހް ވިދާޅުވެފައިއެވާ ބަސްކޮޅު އެހެން ކަމުން ދީނާއި، ގައުމަށް ނަސްރުދިނުމުގެގޮތުން ރާއްޖޭގައި ތިއްބެވި އިލްމުގެ އަހުލުވެރިންގެ ފަހަތުން ކުރިއަށް ދިއުން އެއީ މިވަގުތު މުސްލިމުންނަަށް އޮތްއެންމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑުދެކެން.

  5. ކަން މިހެން ހުރި، ޑިމޮކްރަސީގެ ތެރެއިން ދީން ހިމާޔަތް ކުރާ ޕާޓީ އެއް އުފެއްދުމަށް އިލްމުވެރިން ނިންވެމީ ކޮން ދަލީލެއްގެ މައްޗަށް ތޯ؟؟؟؟

  6. ވާޖިބު ކަމަކާ ނުލާ އެކަމެއް ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބު ކަމެކެވެ.
    މިޘާލަކަށް: ނަމާދު ޞައްޙަ ވުމުގެ ޝަރްުޠުތަކު ގެ ތެރޭގައި ވުޟޫމަތީ ހުރެގެން ކުރުން ހިމެނެއެވެ. ވުޟޫ އާއި ނުލާ ނަމާދު ޞައްޙަ އެއް ނުވާނެއެވެ. ވީމާ، ނަމާދު ކުރުމަށް ޓަކައި ވޫޟޫ ކުރަން ޖެހެއެވެ. ވީމާ، ވުޟޫ ކުރުމަކީ ވާޖިބު ކަމެކެވެ.

  7. ބުނެލަންއޮތީ ޑިމޮކުރަސީއަކީ ބޭނުންކުރެވޭ ބަހެކެވެ، މިގައުމުގައި އޮތީ އިސްލާމީވެރިކަމެކެވެ އެކަމަކު ނުކުރަނީ ކޮންނުބައި ކަމެއް ގާނޫނުގައި ލިޔެވިފައިއޮތީ އިސްލާމްދީނާއި ހިލާފަށް ކުރެވޭ ކޮންމެ ހުކުމަކީ ބާތިލު ހުކުމެއްކަމަށް އެކަމަކު ކުރެވެމުން ދަނީ ކޮންކަހަލަ ހުކުންތަކެއް އެހެން ކަމުން ކޮންމެނަމެއް ބޭނުން ކުރިއަސް އިސްލާމީ ޝަރީއަތް ގާއިމުކުރެވިއްޖެކަމުގައިވަނީނަމަ އޭގަމައްސަލައެއް އޮތްކަމަކަށް ނުފެނޭ (މީހަކައް ކިޔަނީ ޖޯން، އެކަމަކު އޭނަކީ މުސްލިމެއް އޭނާޝިރުކެއްނުކުރޭ އަންގަވާފައިވާ ގޮތަށް އެބައުޅޭ އެހެން ކަމަށްވާނަމަ އޭނަވާނެތާ ދޯ ކިޔާނަމުން ދީންގަބޫލުނުކުރާމީހަކަށް ނަމަށްބަލާއިރު ކޮންމެމީހަކުވެސް ހީކުރާނީ މުސްލިމެއްނޫކަމަށް އެކަމު އޭނައީ ފުރިހަމަ މުސްލިމެއް، އެހްންނޫ އަޅުގަޑުވެސް ގަބޫލުކުރަން ޑިމޮކުރަސީ ކިޔާގެން އިސްލާމްދިނުގެ ހުކުމްތަކާއިދިކޮށްޅަށް ހުކުމްއިއްވާ ނަމައެހިސާބު އެބަޔަކު އެކިޔާނަމާ އެބަޔަކު އެވީފެއިލް ދީނަށް ފުރައްސާކުރާބަޔަކުއެވީ ފޭލް އެބަޔަކީ ދީން ނައްތާލަން މަސަތްކަތްކުރާ ބަޔަކަށްވެގެންދާނެއެވެ.

  8. ޝެއިޚްގެ ބަހަށް ތާއީދުކުރަން

  9. އަޅުގަނޑަކީ މާބޮޑު އިލްމުވެރިއެެއްނޫން…އެކަމަކު އަޅުގަނޑަކީވެސް ކަންކަމާމެދު ވިސްނާމީހެއް. އެހެންކަމުން އަޅުގަނޑުގެ މިހިޔާލާ ދޭތެރޭ ތިބޭފުޅާގެ ވިސްނުމަކީ ކޮބާތޯ. ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އޮތް ވެރިކަމަކީ އިސްލާމީ ވެރިކަމެއް. އެހެން ނަމަވެސް ދިވެހި ރާއްޖޭގެ ރައްޔިތުން އިސްލާމީ ޝަރީއާ ތަންފީޒުކުރާކަށް ބޭނުމެއް ނުވޭ. އެއީ ކީއްވެގެންބާ؟ އެހެންކަމުން ދިވެހިންނަކީ އިސްލާމުންނޭ ކަމަށް ބުނެވިދާނެބާ؟ އަދި ރާއްޖޭގައި ޤާނޫނީ ގޮތުން އިސްލާމީ ވެރިކަމެއް އޮތަސް ދީނީ ގޮތުން ބަލާއިރު އެއީ އިސްލާމީ ވެރިކަމެކޭ ބުނެވޭނެތޯ؟ މިހެން ބުނަން ޖެހޭ ސަބަބަކީ އިސްލާމީ ޝަރީއާ ތަންފީޒު ނުކުރާތީވެ. ދެން އުފެދޭ އަނެއް ސުވާލަކީ އިސްލާމީ ވެރިކަމެއްގައި އިސްލާމް ދީން ގަބޫލު ނުކުރާބަޔަކު އުޅުމުން އެބައި މީހުންނާ މެދު ކަންކުރަން އޮންނަ އުސޫލަކީ ކޮބައިތޯ؟ މިގޮތުން ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ތެރޭން އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ނޭދޭ ފަރާތްތަކާ މެދު ދީނުގައި ކަންކުރަން އޮންނަނީ ކޮން ގޮތަކަށްތޯ؟ އަދި އެމީހުން ގެ އަދަދު އިސްލާމް ދީނަށް ފުރިހަމަ ގޮތުގައި ތާއިދުކުރާ މިޙުންގެ އަދަދެއްވުރެ ގިނަނަމަ އެމީހުންނަށް އިސްލާމީ ދައުލަތެއްގައި ތިބުމުގެ އިހުތިޔާރު ދީނުގައި ލިބިގެންވޭތޯ؟ ޝުކުރިއްޔާ

  10. އެއްޕާރޓީ ބާއްވާފައި އެހެން ސިޔާސީ ޕާރޓީ އުވާލުމަކީ ހަމައެއްނޫން. ރާއްޖޭގައި ހުރި ހުރިހާ ސިޔާސީ ޕާރޓީއަކީވެސް އިސްލާމްދީން ހިމާޔަތްކުރާ ޕާރޓީ.
    އަޅުގަނޑުމެންގެ ގާނޫނޫ އސާސީގައި ކަނޑައޅިގެން އެބަޮއތް މިގައުމަކީ އިސްލާމީ ދައުލަތެއްކަމާއި މިގައުމުގެ ރަށްވެހީންނަކީ މުސްލިމުންކަން.
    ދެން ނީނާ ސިޔާސީ ޕާރޓީއާއި ގުޅުވައި ވަކި ޕާރޓީތަކެއް ހުނިޖަހާ އެހެންގޮތަކަށް ލޭބަލު ކުރުމުން އިތުރަށް އުފެދޭނީ އުދާހާއި ނުތަނަވަސްކަމާއި ޝައްކާއި ވަހުމް.

  11. މި ކޮމެންޓު ވަރަށް ރަނގަޅު ކަމަށް އަޅުގަނޑު ދެކެން.. ސުކުރިއްޔާ އަބޫ ނަހޫ.. ޟޭހަށްވެސް……………………………………………………………….

  12. މިއުޅޭ އެސް އެސް ޕާރޓީއަށް ހަލާކްހުރި……………

  13. ދިވެހި ރާއްޖެއަށް އަދި ޑިމޮކްރަސީ އެއް ނާދެ… ދިވެހި ރާއްޖެއަށް ޑިމޮކްރަސީ އަތުވެއްޖެނަމަ މި ޤައުމުގައި ތިބޭނީ ހަމައެކަނި މުސްލިމުންނެއް ނޫން… ހުރިހާ ދީނެއްވެސް އޮންނާނެ.. އެހެންނަމަވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ބަޔަކު ވަރަށް ގަދަޔަށް މަސައްކަތް ކުރަމުންދަނީ… ވީމާ މިޤައުމަށް ޑިމޮކްރަސީ އަޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ…. އިންޝާﷲ އެކަން ކާމިޔާބު ވާނެ…

Your email address will not be published. Required fields are marked *