އަރަބިދުނިޔެ

ބައްޝާރަށްވުރެ ސީރިއާގެ ރައްޔިތުން މުހިންމު: ޕުޓިން

puttin news

"އަހަރުމެން ބޭނުންވަނީ އެގައުމުގައި ކުރަމުުންދާ ހަނގުރާމަ ހުއްޓާލާނެ ގޮތްތައް ހޯދުން އަދި ބާއްޝާރާއި އޭނާގެ ސަރުކާރު ބާރު ގަދަކުރުވުން ނޫން" ކަމުގައި ރަޝިޔާގެ ރައީސް ޕުޓިން ހާމަކުރައްވައިފިއެވެ.

ރަޝިޔާގެ ރައީސް ޕުޓިން މިހެން ހާމަކޮށްފައިވަނީ އިއްޔެ މޮސްކޯގައި ހުންނަވައިގެން ދެއްވި ނިއުސް ކޮންފަރެއްސެއްގައެވެ.

ޕުޓިން އިތުރަށް ހާމަކުރެއްވި ގޮތުގައި "ރަޝިޔާއާއި ސީރިޔާ ދެމެދު އިޤްތިސާދީ ގޮތުން އެހާ ބޮޑު ގުޅުމެއް ނުވާ ކަމަށާއި 40 އަހަރުވަންދެން ބައްޝާރުގެ އާއިލާ ވެރިކަން ކުރައްވަމުން ގެންދާކަން އެގިލައްވާ ކަމަށާއި، ސީރިއާގައި ހިގަމުންދާ ކަންތައްތައް ރަޝިޔާއަށް ރަގަޅަށް އެނގޭ ކަމަށާއި ރަޝިޔާއިން އެއްވެސް ހާލެއްގައި ބާއްޝާރުގެ ކުރިމަގާއި މެދު ޝައުގުުވެރިނުވާ" ކަމަށެވެ.

ޕުޓިންގެ ވާހަކަފުޅުގައި ސީރިއާގެ ހަގުރާމައަށް ނިމުމެއް ގެނައުމަށް ސަރުކާރާއި ރައްޔިތުންނާއި ދެެމެދު ވާހަކަ ދެކެވެން ޖެހޭނެކަމަށާއި ވާހަކަ ދައްކަން ޖެހޭނީ ތަންތަން ހަލާކު ކުރުމަށް ފަހުގައި ނޫންކަމަށް ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *