އަރަބިދުނިޔެ

ޠާރިޤު ޢަޒީޒު ދަންޖައްސާ މެރުމަށް ޢިރާޤުގެ ކޯޓަކުން ހުކުމް އިއްވައިފި

ލިޔުނީ: އައިޝާ ޝަހޫ

ޠާރިޤު ޢަޒީޒު ދަންޖައްސާ މެރުމަށް ޢިރާޤުގެ ކޯޓަކުން އިއްޔެ ހުކުމް އިއްވައިފިއެވެ.

ހަބަރުތައް ބުނާގޮތުގައި ޠާރިޤު ޢަޒީޒުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ސައްދާމުގެ ވެރިކަމުގައި ޝީޢީންނަށް ހަމަލާދީ ގަސްދުގައި މީހުން މެރިކަމަށް ސާބިތުވެފައިވާކަމަށް ކޯޓުން ބުނެއެވެ. މީގެ އިތުރުންވެސް ބައެއް ކަންތައްތަކަށް ކޯޓުންވަނީ ޠާރިޤު ޢަޒީޒުގެ މައްޗަށް ދައުވާ އުފުލާފައެވެ. ޠާރިޤު ޢަޒީޒު ދަންޖައްސާ މެރުމަށް ހުކުމްކޮށްފައިމިވަނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު ޢިރާޤުގެ ސަލާމަތީ ބާރުތަކާއި އޭނާ ހަވާލުކުރިތާ ތިން މަސް ނުވަނީހެވެ.

ޠާރިޤު ޢަޒީޒު އަކީ ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސެއިންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެބޭފުޅާއަކީ އިރާޤުގެ ކުރީގެ ޚާރިޖީ ވަޒީރުކަމާއި ބޮޑުވަޒީރުގެ ނާއިބުކަން ކުރައްވާފައިވާ ބޭފުކެވެ.

ސައްދާމް ހުސެއިންގެ ގާތް ބޭފުޅެއްނަމަވެސް ޠާރިޤު ޢަޒީޒު އަކީ މުސްލިމެއް ނޫނެވެ. އޭނާއަކީ ކްރިސްޓިއަނެކެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ﷲގެކުޅަދުންތަކަންދެކިބަލަ އެއީކޮންފަދައާރަކާބާރެއްގަދުނިޔޭގައުޅުނުބައެއް މިއަދުއެތިބީކޮންހާލެއްގަ މިކަހަލަކަންތަކުން ޢިބުރަތްހާސިލުކުރާބަޔަކައް އަހަރެމެންގެ ވެރިންވެސްވާނެކަމަށް އުއްމީދުކުރަން އިއްޒަތާ ބާރުލިބިވޮޑިގެންވާފަރާތަކީ ﷲސުބުހާނަހޫ ވަތަޢާލާކަންހަނދުމަކުރޭ

  2. ﷲގެކުޅަދުންވަންތަކަން ނިކަންދެކެބަލަ އެއްދުވަސްވަރެއްގަ އެބައިމީހުންނަކީ ކޮންފަދަ ބާރެއްލިބިގެން އުޅުނުބައެއް މިއަދުނިކަންވިސްނާލަބަލައެއުޅެނީކޮންފަދަހާލެއް އެހެންވީމަމިބުނަނީއަހަރެމެންގެ ވެރީންވެސްމިކަމާމެދުވިސްނާފިކުކޮށްބަލަ އިއްޒަތާބާރުލިބިވޮޑިގެންވާފަރާތަކީﷲސުބުހާނަހޫވަތަޢާލާކަންހަދުމަކުރަށްވާ

Your email address will not be published. Required fields are marked *