'ޤައުމުގެ ކަންތައައް ޙައްލު ކުރުމުގެ މަޝްވަރާގެ އުޞޫލު ކުރިއަށް ނެރުމަށް' މިނިސްޓާރ އޮފް އިސްލާމިކް އެފެއާރޒް ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.
'ޤައުމުގެ ކަންތައައް ޙައްލު ކުރުމުގެ މަޝްވަރާގެ އުޞޫލު ކުރިއަށް ނެރުމަށް ގޮވާލާ ކަމަށާއި އަރާރުންވުމާއި ދެކޮޅުވެރިކަން ނައްތާލުމަށްވެސް ގޮވާލާ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިއްބެވި މުވައްސަސާތަކުގެ ވެރިންގެ އަވަސް މަޝްވަރާތަކަކަށް ގޮވާލާ'ކަމަށްވެސް ޑރ މަޖީދު ވަނީ މިއަދުގެ ޚުތުބާގައި ވިދާޅުވެފައެވެ.
މީގެ އިތުރުން 'ކޮންމެ ކަމެއްގެވެސް ހައްލަކީ އެއްވެ ތިބެ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ، ހަޑިހުރު ބަހުން އެއްޗެހި ގޮވުން ކަމުގައިވަނީ ނަމަ، މިޤައުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަށް އަޅުގަނޑުމެންގެ ފަރާތުން އެދެއްކެނީ ހާދަހާވާ ނުބައި ނަމޫނާއެއްކަމުގައި'ވެސް ހުކުރު ޚުތުބާގައި ޑރ މަޖީދު ވަނީ ވިދާޅުވެފައެވެ.
05 ފެބްރުއަރީ 2010 ވަނަ ދުވަހު ދެވުނު ހުކުރު ޚުތުބާ ބައްލަވާ!
ވަރަށް މުހިންމު ވާހަކައެއް ތިއީ. ހިތާމައަކީ މިޤައުމު ފަސާދައިން ހަލާކުވަމުންދާތީ.