ދުނިޔެ

ނޯވޭގައި 77 މީހުން މަރާލި ގާތިލަށް 21 އަހަރުގެ ޖަލުހުކުމެއް އިއްވައިފި

 

މިދިޔަ އަހަރު ނޯވޭގައި 77 މީހުން މަރާލައިފައިވާ ޤާތިލު އެންޑަސަން ބަހްރިން ބުރެވިކްގެ މައްޗަށް 21 އަހަރުގެ ޖަލުހުކުމެއް ނޯވޭގެ ކޯޓުން މިދިޔަ ހުކުރުދުވަހު  އިއްވައިފިއެވެ. ކޯޓުން ޙުކުމް ކުރެއްވި އަންހެން އިސްފަނޑިޔާރު ވިދާޅުވީ އޭނާގެ ވަކީލުން ވިދާޅުވެފައިވާގޮތާއި ހިލާފަށް،  އޭނާއަކީ ނަފްސާނީ އެއްވެސް ބަލިކަމެއްހުރި މީހެއްނޫންކަމަށް މެޑިކަލް ރިޕޯޓުތަކުން ކޯޓަށް ސާބިތުވެފައިވާކަމަށެވެ. އަދި އޭނާ މީހުން މަރާފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އޭނާގެ އަމިއްލަ އިހުތިޔާރުގައި ހަމަބުއްދީގައިހުރެކަމަށްވެސް ކޯޓުގެ މި ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

2011 ވަނަ އަހަރު ޖުލައިމަހު އޭނާވަނީ ނޯވޭގެ އިމާރާތެއްގައި ބޮންހަރުކޮށް އެއިމާރާތް ގޮއްވާލައިގެން 8 މީހުން މަރާލާ އެތައް ސަކޭތަ ބަޔަކު ޒަހަމްކޮށްލުމުގެ އިތުރުން ޔޫތުކޭމްޕަކަށް ބަޑިން ހަމަލާދީ 69 ކުދިން މަރާލާފައެވެ. މިހާދިސާގައި އެތައް ސަތޭކަ ކުދިންނަކަށް އެކިވަރުގެ ޒަހަމްތައްވަނީ ލިބިފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ 21 އަހަރުގެ ޖަލުހުކުމެއް އިއްވުމުން އޭނާ ކޯޓުގައ ހިނިތުންވެ އިނދެ ބުނެފައިވަނީ ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ނުކުރާނޭކަމަށާއި، އަދިވެސް އޭނާއަށް މީހުން މެރުނުލެއް މަދުކަމުން އެކަމަށް މަޢާފަށް އެދޭކަމުގައެވެ.

ބުރެވިކް މި ޤަތުލުއާންމު ހިންގާފައިވަނީ ނޯވޭގައި ވެރިކަން ކުރަމުންދާ ޕާޓީއިން އެގައުމަށް ހިޖުރަކުރަމުންދާ މުސްލިމުންނަށް މަރުހަބާ ކިޔަމުންދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންކަމަށް އޭނާބުނެފައިވެއެވެ. އަދި އޭނާ ބޭނުންވަނީ މި ގަތުލުއާންމުގެ ސަބަބުން މުސްލިމުންގެ ނުރައްކާތެރިކަން އެގައުމުގެ ރައްޔިތުންނަށް ހާމަކޮށްދިނުންކަމަށްވެސް އޭނާބުނެއެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ނޯވޭގައި ހިންގި މިފަދަ އެންމެ ބޮޑު ގަތުލުއާންމެވެ.

ގުޅުންހުރި

3 ޚިޔާލު

  1. މިއީ ބޮޑުވެގެންވާ ޓެރަރިސްޓެއް… ޤާތިލު ނުޖަހާ ޓެރަރިސްޓު ޖެހިނަމަ މިލިޔުން އިތުރަށް ފުރިހަމަ ވީސް!

  2. މީނަމީ މުސްލިމެއްނޫންވީމަ މީނަ ނުވިދޯ ޓެރަރިސްޓަކަށް އަދި އޭނަ ހިންގި ކަންތަށް އެއީ ޓެރަރިޒަމްގެ އަމަލަކަށްވެސް.. އެކަމްކު މުސްލިމް ބައެއް އެމެރިކާއަށް ހަމަލާއެއް ދިނީމަ އެވޭ ޓެރަރިޒަމް އަމަލަކަށް.. މިކަހަލަ ސައިޓު ތަކުގައިވެސް މިކަހަލަ ގޮތަކަށް ޚަބަރު ގެނެސްދޭތީ ހިތާމަކުރަން..

  3. ގޮތެއްފޮތެއްނެތް މީހެއް!

Your email address will not be published. Required fields are marked *

More in ދުނިޔެ