ރާއްޖޭގެ ޚަބަރު

އިމާމުން ތާޒާކުރާ ކޯހާއި ޖަމާޢަތްތެރިން ތަމްރީނުކުރާ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ލިޔުނީ: ހަސަން ޝިޔާޒު

އިމާމުން ތާޒާކުރާ ކޯހާއި ޖަމާޢަތްތެރިން ތަމްރީނުކުރާ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިމާމުން ތާޒާ ކުރުމުގެ ކޯހާއި، އިމާމު ސެޓްފިކެޓް ލެވެލް1 އަދި ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާދިއްތަ ދުވަހު އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައެވެ. ޤުރްއާނާބެހޭ މަރުކަޒުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި، އިމާމުކަމުގެ ވަޒީފާގައި ތިއްބެވި ބޭފުޅުންނަށް ޚާއްޞަކޮށްގެން އިމާމުން ތާޒާކުރާކޯހާއި، އަތޮޅުތަކުގައި މުދިމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ޚާއްޞަކޮށްގެން ފެއްޓުނު އިމާމު ސެޓްފިކެޓް ލެވެލް-1 ގެ ކޯސް ހިމެނޭކަމަށާއި، އަދި މާލެއާއި އަތޮޅުތަކުގެ ތެރެއަށް ހުޅުވާލައިގެން ޖަމާޢަތްތެރިން ތަމްރީނުކުރުރުމުގެ 3 މަސްދުވަހުގެ ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވައެވެ.

ޝަރަފްވެރި މެހްމާނެއްގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ބައިވެރިވި ރަސްމިއްޔާތުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މެއި 10 އިން 19 އަށް ބޭއްވުނު މަސައްކަތް ރާވައި ހިންގުމުގެ ޕްރޮގްރާމުގައި ބައިވެރިވި އެންމެހައި މުވައްޒަފުންނަށް ހަނދާނީ ލިއުން ޙަވާލުކުރުންވެސް އޮތެވެ. މިޖަލްސާގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ތަނުގައި އިސްލާމިކް މިނިސްޓްރީގެ އެކިއެކި ދާއިރާތަކުގެ މުވައްޒަފުންނަށާއި ޢާއްމުންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް މިހާރަށްވުރެވެސް އިތުރަށް ކުރިއަށް ގެންދިއުމަށް ޤަޞްދުކޮށްފައިވާކަމަށް ވިދާޅުވިއެވެ

އިމާމުން ތާޒާކުރާ ކޯހާއި ޖަމާޢަތްތެރިން ތަމްރީނުކުރާ ކޯހަކީ 2013 ވަނަ އަހަރާއި ހަމައަށް އަންނައިރު ކޮންމެ މުދިމަކީވެސް އަދި ކޮންމެ ޖަމާޢަތްތެރިއަކީވެސް ކަމުގެ ތަޖުރިބާއާއި ސެޓްފިކެޓް ޙާޞިލް ކޮށްފައިވާ ބަޔަކަށް ހެދުން ކަމަށް އިސްލާމިކް އެފެއާރޒްއިން ހާމަކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *