އަރަބިދުނިޔެ

ދީނާ ދެކޮޅަށް ސަޢުދީޢަރަބިއްޔާގައި ހިންގާ އިލްހާދުގެ ޢަމަލުތައް އެޤައުމުގެ ޢިލްމުވެރިން ކުށްވެރިކުރައްވާ ބަޔާނެއް ނެރުންވައިފި.

ސަޢުދީ ޢަރަބިއްޔާގައި އިސްލާމްދީނާ ދެކޮޅަށް ފަތުރަމުންދާ އިލްހާދާއި ދީނާމެދު ޝައްކު އުފެއްދުމުގެ "އޮއިވަރުގެ ނުރައްކާތެރިކަށް އެޤައުމުގެ ރައްޔިތުންނަށް ބަޔާންކޮށްދެއްވާ 105 ޢިލްމުވެރިން ސޮއި ކުރައްވާ ބަޔާންނެއް ނެރުންވައިފިއެވެ.

ބަޔާނުގައި އިސްލާމް ދީނާ މެދު ދެޙަރުމުގެ މަތިވެރި ބިން ހިމެނޭ މި ޤައުމުގެ ރައްޔިތުންގެ މެދުގައި ޝައްކު އުފައްދާ އިލްހާދާ ކުފުރުގެ ޢަމަލުތަކަށް ހިތްވަރުދިނުމުގެ މި ޙަރަކާތަކީ ސަޢުދީ ގެ އެތެރެއިންނާއި އަދި ބޭރުން ބައެއް ފަރާތަކުން އެކަމަށް އެހީތެރިކަށް ފޯރުކޮށްދީގެން ހިންގަމުންދާ ކަމެއްކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި އިތުރަށް އެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މިކަމަކީ މަދު ޒިންދީޤުންތަކެއް (އިސްލާމްކަށް ބޭރަށް ދައްކައިގެން އެތެރޭގައި ކުފުރު ފޮރުވައިގެންތިބޭ މީހުން) ފާޅުގައި އިސްލާމްދީނުންބޭރުވުން އިޢުލާނުކުރުންކަމަށެވެ. އެހެނީ އެމީހުން ދަނީ ﷲ ތަޢާލާއަށްށާއި އެކަލާނގެ ރަސޫލާއަށް މަލާމަތްކޮށް ފުރައްސާރަކުރަމުންނެވެ. އަދި އިސްލާމުދީނަށް އާޓުކިޔާ ފާޑުކިޔަމުންނެވެ. މިޢަމަލުތަކަކީ ދީންނުން ބޭރުވާ ކުފުރުގެ ޢަމަލުތަކެއްކަމަށް ދަންނަބޭކަލުންވަނީ ޢިޖްމާޢުވެފައެވެ.

ގިނަ ޢިލްމުވެރިންތަކެއް ސޮއިކުރައްވާ ނެރުނު މިބަޔާނުގައި މަތިވެރި ދެޙަރަމްފުޅު ހިމެނޭ ޤައުމުގެ ސަރުކާރަށް އިސްލާމްދީނާއި އެދީނުގެ އަޞްލުތައް ހިމާޔަތްކުރައްވާ އަދި ފާޅުގައި ދީނާ ދެކޮޅަށް ފުރައްސާރަކޮށް އާޓު ކިޔާ ފަރާތަކަށް ދީނުގައިވާ ޝަރުޢީ ޙައްދު ޤާއިމުކުރުމަށް ވަނީ ގޮވާލައްވާފައެވެ. ހަމައެގޮތަށް ދީނާމެދު މިފަދަ މުނާފިޤުންނާއި ޒިންދީޤުން ފަތުރަމުންދާ ޝައްކުތަކުގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ އެފަދަ ޒުވާނުން ހެޔޮމަގަށް ގެނައުމަށް ބެލެނިވެރިންނާއި ކަމާބެހޭ މަސްޢޫލުވެރިން މަސައްކަތް ކުރުމަށް ވެސް ގޮވާލައްވާފައި ވެއެވެ. އަދި ދީނީ ވަޢުޠް ވިދާޅުވާ ބޭފުޅުންނާއި ޚުތުބާ ދެއްވާ ޚަތީބުން ވެސް މިކަކަމާއި މެދު ޢާއްމުން ހޭލުންތެރިކުރުމަށް ވަނީ ބަޔާނުގައި ގޮވާލައްވާފައެވެ. އަދި މީގެ އިތުރުން ދީނާ މެދު ޝައްކުއުފައްދާ މަލާމަތްކުރާ ފަރާތަކުން ލިޔެފައިވާ މަޒުމޫނުތަކާއި ފޮތްތައް ސާއިއު ނުކުރުމާއި އިޖްތިމާޢީ ވިއުގައިގައި ފެތުރުން ހުއްޓުވުމަށްވެސް ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ޢަމަލުތަކަކީ އޮޅިގެން ނުވަތަ ލިޔުމުގެ ކުށަކުން ވާންނެކަންތައްތަކެއްނޫންކަމަށްށާއި އަދި އެއީ ސީދާ ރާވައުގެން ދީނާމެދު ޝައްކުއުފައްދާ ދީނުގެ ހައިބަތު މުޖުތަމަޢުން ފޮހެލުމަށް އެކަމަށް ޤައުމުގެ އެތެރެއާއި ބޭރުން ބަޔަކު ފޯރުކޮށްދޭ އެހީތެރިކަމެއްގެ ދަށުން ހިންގާ ހަރަކާތެއްކަމަށް ފާހަގަކޮށްފައިވާއިރު މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތަކުން ލިޔެފައިވާ ބައެއް ފޮތްތައް ބާޒާރުގައި ވިއްކުމުގެ ގެ ހުއްދަ ސައުދީގެ އިންފޮމޭސަން މިނިސްޓްރީން ދީފައިވާ ތީ އެކަށްވަނީ ކުއްވެރިކޮށްފައެވެ. ( މަސްދަރު- އަލްބަޔާން)

ގުޅުންހުރި

1 ޚިޔާލު

  1. އަަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ބައެއް މީހުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފެދެމުން ދަނީ ހަގީގަތުގައި ދީނުގެ މަތިވެރި މަންހަޖުގައި ނުވަތަ ﷲގެ ތައާލާގެ ރިސާލަތުގައި އެއްވެސް ކިލަނބުކަމެއް ހުރެގެންނޫނެވެ ކިއެއްތަ” މާތްވެގެންވާ އިސްލާމްދީނުގެ ހަގީގީ މަތިވެރިކަމުގެ މުޢުޖިޒާތް ރަމްޒްކޮށްދެވޭ މިންވަރާއި ގާތައްވެސް މިޒަމާނުގެ ދީނީ އިލްމުވެރިންނަށް، މިޒަމާނުގެ ސިނާޢީ އިންގިލާބުގެ މައްޗަށާއި އަދި އިންޤިލާބީ ކުރިއެރުންތައް ފަހަނަޅާގޮސް، މާތްވެގެންވާ އިސްލާމް ދީނުގެ ހަގީގީ މަތިވެރިކަން، މީސްތަކުންނަށް ބަޔާންކޮށް ދިނުމުގައި ދިރާސާ ޢިލްމުގެ ތެރެއިން އިސްލާމީ ދަންނަބޭކަލުން ފެއިލްވީއެވެ. ހަގީގަތުގައި ކީރިތިރަސޫލާގެ ޙަޔާތްޕުޅަށް ފަހު އިސްލާމީ އުއްމަތުގެ ތެރޭގައި އުފެދުނު ބޮޑެތި އަފޫރުއްބަ ދަންނަބޭކަލުން ވެސް ދުނިޔެވީކަންކަމާއި މެދު ޢާފިލުވެ ދީންތަބުލީޢު ކުރުމުގެ މައްޗަށް އިހުމާލުވީއެވެ.

Your email address will not be published. Required fields are marked *