"ސީރިއާގެ މައްސަލަގަނޑުގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނޭޓޯއަކު ނެތް" ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ބުނެފިއެވެ.
އެމެރިކާގެ ޝިކާގޯގައި މިހަފްތާގައި ފެށި ނޭޓޯގެ ދެ ދުވަހުގެ ސަމިޓްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އަންދްރެސް ފޯ ރަސްމުސެން ބުނެފައިވަނީ "ރައްޔިތުންނާ ދެކޮޅަށް ސީރިއާގެ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ހަރަކާތްތައް އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ރައްޔިތުންގެ އުއްމީދުތަކަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ދިނުމަށް ގޮވާލަ" ކަމަށެވެ. "އެކަމަކު ސީރިއާގެ މައްސަލަގަނޑުގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނޭޓޯއަކު ނެތް"ކަމަށްވެސް ރަސްމުސެން ބުނެފައިވެއެވެ.
ލީބިޔާގެ ހަމަނުޖެހުންގަޑުގެ ތެރެއަށް ނޭޓޯއިން ވަދެ ގައްޒާފީގެ ވެރިކަން ވައްޓާލާ އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ މައްސަލަތަކަށް ނޭޓޯއިން ވަންނަމުން އަންނައިރު ސޫރިޔާގެ ހަމަނުޖެހުމަށް ނޭޓޯއިން ވަންނަން ބޭނުން ނުވަނީ ސޫރިޔާގެ ރައީސް ބައްޝާރަކީ މިތުރުންގެ ލިސްޓުގައި ހިމެނޭ ރައީސްއަކަށްވާތީކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

















ނޭޓޯ އަކީ ހުރި ހަލާކެއް.
ބޭނުމެއް ނުވާނެތާ ދެއްތޯ… ބައްޝާރާކީ، ނޭޓޯ، ރަޝިޔާ، ޗައިނާ ބޭނުންވާގޮތަށް ވެރިކަން ކުރައްވާ ބޭފުލެއް.
ކީއްކުރާނީ.ހިތާމައަކީ ތިޔަބުނާ ނޭޓޯއާއި ޔޫއެން އާއ3ި މި މީސްމީހުންނަކީ ކޮންބައެއްކަން އިގޭއިރުވެސް އެމިހުން ވަރެއްނއތިގެން އުޅޭތީ! އަދި އަމުދުން މިޙާޜު ބައެއް ދިވެހިން މާ ކޮމަން ވެލްތުވެގެން އެބައުޅޭ. ދުޢާއަކީ އަނިއާ ލިބޭ މުސް2ލިމު އަޚުންނާއި އުޚްތުން ނަށް ނަޞްރު ދެއްވުން.