ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

"މަޢާފްކުރާށެވެ" މިމައުޟޫއަށް ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް މިރޭ

ޝައިޚް އިލްޔާސް – ފޮޓޯ : އަފްރާހް

ޝައިޚް އިލްޔާސް – ފޮޓޯ : އަފްރާހް

އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ މާލެހިޔާ ފްލެޓް ކައިރީގައި ހުންނަ ފުރުޤާން މިސްކިތުގައި މިރޭ 20:30 ގައެވެ. ޝައިޚް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ “މަޢާފު ކުރާށެވެ.” މިމައުޟޫއަށެވެ.
މިދަރުސް އަޑުއެހުމަށް ފިރިހެން ބޭފުޅުންގެ އިތުރުން އަންހެން ބޭފުޅުންނަށްވެސް ތިބެވޭނެ އިންތިޒާމްދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އިށީނދެތިބުމަށް ގޮނޑި ޖެހުމަށް ނިންމާފައިވެއެވެ.

މިދަރުސް އިންތިޒާމު ކުރަނީ ޒުވާނުންކޮޅެއް އިސްނަގައިގެންނެވެ. ދާދިފަހުން ޝައިޚް އާދަމް ޝަމީމް ދެއްވި "އުންމަތަށްޓަކައި ކަރުނައެއް" މިދަރުސްވެސް ބާއްވާފައިވާ މިޒުވާނުންދަނީ މިފަދަ އެތައް ދަރުސްތަކެއް އިންތިޒާމްކޮށް ބާއްވަމުންނެވެ. މިދަރުސް އަޑުއެހުމަށް ދެޖިންސުގެ ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް ދަރުސް އިންތިޒާމްކުރާ ޒުވާނުން އެދެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. އަލްހަމްދުލިﷲ، ޝެއިޚްގެ ދަރުސެއް އަޑުނީވޭތާ ދުވަސްކޮޅެއްވެއްޖެ، ޝެއިޚްގެ ދަރުސްތަކަކީ ގިނަބަޔަކަށް އަސަރުކުރާ ދަރުސްތަކެއް، ދުޢާއަކީ މިދަރުސްތައް އިންތިޒާމްކުރާ ޒުވާނުންނަށް މެދުނުކެނޑި މިކަންކުރުމުގެ ތައުފީގު މާތްﷲ މިންވަރުކޮށްދެއްވުން، މިދަރުސް އެއްވެސް ޓީވީ ޗެނަލަކުން ލައިވްކުރާނެތޯ؟؟

  2. މިފަދަ މުހިންމު ދަރުސްތަށް ރާއްޖެތެރޭގައި ތިބި މުސްލިމް ރަށްޔަތުންނާ ހަމައަށް ވަގުތުން ގެނެސް ދިނުމަށް ﷲ ށް ޓަކައި ހޭދަކޮށްލާނެ ފަރާތެއްގެ އިންތިޒާރުގައި ކިތަންމެ ބަޔަކު އެބަތިބު

Your email address will not be published. Required fields are marked *