އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ މާލެހިޔާ ފްލެޓް ކައިރީގައި ހުންނަ ފުރުޤާން މިސްކިތުގައި މިރޭ 20:30 ގައެވެ. ޝައިޚް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ “މަޢާފު ކުރާށެވެ.” މިމައުޟޫއަށެވެ.
މިދަރުސް އަޑުއެހުމަށް ފިރިހެން ބޭފުޅުންގެ އިތުރުން އަންހެން ބޭފުޅުންނަށްވެސް ތިބެވޭނެ އިންތިޒާމްދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އިށީނދެތިބުމަށް ގޮނޑި ޖެހުމަށް ނިންމާފައިވެއެވެ.
މިދަރުސް އިންތިޒާމު ކުރަނީ ޒުވާނުންކޮޅެއް އިސްނަގައިގެންނެވެ. ދާދިފަހުން ޝައިޚް އާދަމް ޝަމީމް ދެއްވި "އުންމަތަށްޓަކައި ކަރުނައެއް" މިދަރުސްވެސް ބާއްވާފައިވާ މިޒުވާނުންދަނީ މިފަދަ އެތައް ދަރުސްތަކެއް އިންތިޒާމްކޮށް ބާއްވަމުންނެވެ. މިދަރުސް އަޑުއެހުމަށް ދެޖިންސުގެ ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް ދަރުސް އިންތިޒާމްކުރާ ޒުވާނުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...