ހުޅަނގު އައްސޭރީ ބޯޑަރުގައި އިތުރު ޔަހޫދީ އާބާދީތައް ޤާއިމްކުރުމަށް ކުރަމުންއަންނަ އިމާރާތްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށްގެންދާ ގޮތައް އިޒްރޭލުގެ އެޓޮމިކް ހަކަތަ އަދި ޖާސޫސީމަޢުލޫމާތާ ބެހޭ ވަޒީރު ޑޭން މެރިޑޯ ތައްޔާރުކޮށްފައިވާ ހުށަހެޅުމަށް އެމެރިކާއިން އެއްބަސްވެއްޖެ ކަމަށް ޢިބްރީ ދުވަހުނޫސް މާރީވް ބުނެފިއެވެ.
މިދިޔަ ބުރާސްފަތިދުވަހު މި ނޫހުގައި ބުނެފައިވަނީ އާބާދީތަކުގެ މަސައްކަތް ދިހަމަހަށް ގަނޑުކުރުމަށް ވެވިފައި އޮތް އެއްބަސްވުން އުވާލާ، އަންނަ ސެޕްޓެމްބަރ 26ގައި އާބާދީތަކުގެ އިމާރާތްކުރުމުގެ މަސައްކަތް އަލުންފެށުމަށް މެރިޑޯގެ ހުށަހެޅުމުގައި ވާކަމަށެވެ. އަދި އިމާރާތްކުރެވޭ އަބާދީތައް ދެބަޔަކަށް ބެހުމަށް ވޮޝިންޓަނުން އެއްބަސްވާކަމަށެވެ. އެއީ ހުޅަނގު އައްސޭރިއާ ކައިރީ އާބާދުތައް އިޒްރޭލުން ދޫކޮށްނުލާނެ ބައެއްކަމުގައި ހެދުމަށެވެ. އަނެއްބަޔަކީ އަދި ފަހުން ހުސްކުރާ ބައެއްކަމުގައި ހެދުމަށެވެ.
އަންނަ ހަފުތާގައި އިޒްރޭލާ ފަލަސްތީނާ ދެމެދު ސީދާ ވާހަކަތައްފެށުމުގެ ކުރިން އިޒްރޭލުން ބޭނުންވާ ގޮތް ހޯދާ އެމެރިކާއިން އެކަންކަމަށް ބާރުއެޅުމަށް، މިނޫންވެސް އިތުރު މަޝްވަރާތަށް މިހާރުވެސް އެމެރިކާއާ އިޒްރޭލާ ދެމެދު ވެވެމުން ދާކަމަށް މާރީވް ނޫސްބުނެއެވެ. --އެމް.ބީ.ނިއުސް

















ޚިޔާލު