މައްކާގެ ގެފުޅުގައި ނަމާދުކުރާތަން 'ރިޒާވް' ނުކުރެވޭގޮތައް ހަދައިފިއެވެ.
ހަބަރު ލިބޭގޮތުގައި ނަމާދުކުރާތަން 'ރިޒާވް' ނުކުރެވޭގޮތައް ހަދައިފައިމިވަނީ ބައެއް މީހުންގެ އަމަލު ހުންނަ ގޮތުންނެވެ. މައްކާގެ ބައެއް ފަރާތްތަކުން ގެފުޅުގެ ފުރަތަމަ ސަފުގައި ކުނާ އެޅުމަށްފަހު އެތަން 'ރިޒާވް' ކޮށްފައި ބަހައްޓާ ކަމަށާއި ފަހުން އަންނަ މީހުންނަށް އެޖާގަ ވިއްކާލަނީ ކަމަށެވެ. މިހެން ހެދުމުން ކުރިން އަންނަ މީހުންނަށް ކުރީ ސަފުން ޖާގަ ލިބޭގޮތެއް ނުވެއެވެ.
މިހާރު ހަމަޖެހިފައިވާ އުސޫލުގެ ދަށުން މިހާރު ޖާގަ ހޯދުމުގެ ގޮތުން އެއްވެސް ކުނަލެއް ނޭޅެއެވެ. ސައުދީގެ ކަމާއިބެހޭ ފަރާތުން ނިންމާފައިވާ ގޮތުގައި އެފަދަ އަމަލެއް ހިންގައިފި މީހަކު ޕޮލިހާއި ހަވާލުކުރެވޭނެކަމަށާއި އެތަނުގައި އަޅާ ކުނާ އެހީދޭ ޖަމާއަތްތަކާއި ހަވާލުކުރެވޭނެކަމަށެވެ. ކުނާ އަޅައިގެން ނަމާދުކުރަން ޖާގަ ވިއްކާ މީހުން ބެލުމަށް ގެފުޅުގައި 30 ގާޑުން ހަރަކާތްތެރިވާނެއެވެ.
މީގެ ކުރިންވެސް މިމައްސަލައަށް ހައްލެއް ގެނައުމަށްވަނީ ތަފާތު ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި ލިޔުންތައް ހަރުކުރުމާއި ނަސޭހަތްދީ ހަދާފައިވެއެވެ.

















ޚިޔާލު