ބޭނުންވާ ތަކެތި
4ބިހުގެ ލޮނދި
100ގ ހަކުރު
140ގ ހެޒަލް ނަޓް (މުގުރާފަ)
2 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ
250ގ ކުކިންގް ޗޮކްލެޓް
4 ބިހުގެ ގޮބޮޅި
60ގ ހަކުރު
1 1/4ޖޯޑު ވިޕިންގް ކްރީމް
ތައްޔާރުކުރާނޭގޮތް
ބިހުގެ ލޮނދި ހުދުވަންދެން ކޭކް މިކްސަރ އަކުން ގިރާލާށެވެ. އެތި އެތި ކޮޅުން ހަކުރު އަޅަމުން ރަނގަޅަށް ގިރާލާށެވެ. އެއައްފަހު ހެޒްލްނަޓް ކޮޅަ ކޮކޯ ޕައުޑަރ ކޮޅު އަޅާ ރަނގަޅަށް އެއް ކޮށްލާށެވެ. އެއްށްފަހު ކޭކް ރަނގަޅައް ފިހެލާށެވެ.ޓޫތް ޕިކެއް ކޭކުގެ މެދައްލާފަ ނެރޭ އިރު ނޫންގުޅި ހުރީމަ ރަނގަޅުވާނެ އެވެ. ކޭކް ފިހެވުނީމާ ނަގާފަ ކޫލިނގް ޓްރޭ އެއްގައި ކޭކް ހިހޫ ކުރަން ބައިންދާށެވެ.
ޗޮކްލެޓް ރަނގަޅަށް ދިޔާ ކޮށްލާށެވެ. އެހެން ތައްޓެއްގާ ބިހުގެ ގޮބޮޅި އާއި ހަކުރު ހުދުވަންދެން ގިރާލާށެވެ. 1/4 ޖޯޑު ވިޕިންގ ކްރީމް ހޫނު ކޮށްލުމަށްފަހު ބިހުގެ ތެރޭގައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޗޮކްލެޓް އޭގެ ތެރެއަށް އަޅުއްވާ ލައްވާށެވެ. އެއަށް ފަހު އެހެން ތައްޓެއްގަ ބާކީ ހުރި ވިޕިންގް ކްރީމްކޮޅު ގިރާލާށެވެ. ވިޕިންގް ކްރީމް ފޮނުގަނޑަކަށް ވީމަ ފަހަރަކު ސަމްސަލެއްގެ ވިޕިންގް ކްރީމް ބިހުގެ ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހިހޫވެފާ ހުރި ކޭކުގެ މައްޗައް ޗޮކްލެޓް ކޮޅުއަޅާފަ އައިސް އަލަމާރިއަށްލާ ރަނގަޅަށް ފިނި ކޮށްލާށެވެ.

















މިއަށް ފުއް ނާޅަނީތަ؟
ވަރަށް ކާހިތް ވޭ!!!!!!
ފުށް އަޅާ ވާހަކައެއް ނެތް..ކީއްވެބާ؟
ރިޗް ޗޮކްލެޓް މޫސް ކޭކަށް ފުށެއް ނާޅާނެ