ކަތިލަން އެންގެވި ގެރީގެ މައްސަލަ:
ދެންފަހެ، ގެރިއެއް ކަތިލާން ﷲ ބަނީއިސްރާއީލު މީހުންނަށް އަމުރުކުރައްވައިފިކަން މޫސާ ޢަލައިހިއްސަލާމް އެމީހުނަށް ވިދާޅުވި ހިނދު، އެމީހުން ބުނެފައިވަނީ ކަލޭގެފާނު އަހަރެމެންނާ ސަމާސާ ނުކުރައްވާށެވެ. ތިޔައީ އަނެއްކާޖެއްސުމެއް ނޫންހެއްޔެވެ؟ ދެން އެމީހުން ސުވާލުކޮށް، ދެންނެވީ އެއީ ކޮން ޢުމުރެއްގެ ގެރިއެއްތޯ ﷲ ކުރެން އަދި އައްސަވައި އޮޅުންފިލުއްވައި ދެއްވަބަލާށެވެ. އެއީ އެހާ ޅަ އަދި ދުވަސްވީ ގެރިއެއްވެސް ނޫނޭ ވިދާޅުވުމުން އަނެއްކާ އެއީ ކޮންކުލައެއްގެ ގެރިއެއްތޯ އެމީހުން ﷲ އަށް ދަންނަވައިދެއްވުމަށް އެދުނޫއެވެ.
ދެންފަހެ ކަތިލަންވީ ރީނދޫކުލައިގެ ގެރިއެއްކަމުގައި އެކަލާނގެ އަންގަވާކަމުގައި ވިދާޅުވުމުން ދެންވެސް އެއީ އަދި ކޮން ގެރިއެއްތޯ ރަނގަޅަށް ބައްލަވައިދެއްވަބަލާށޭ ބުނެ އެ ރީނދޫގެރި ނުކަތިލާންވެގެން ބަހަނާހެދޫއެވެ. ތިޔަބުނާ ގެރިއެއް އަހަރެމެނަށް އޮޅިއްޖެއެވެ. އަހަރެމެން މިތިބީ ގެރި ނުކަތިލާކަށްވެސް ނޫނިއްޔާއެވެ. ހަމަ ކަތިލާށެވެ. މިއީ މިބައި މީހުންގެ ނަބިއްޔާ އާއި މެދު ކަންތަށް ކުރިގޮތެވެ. ނޭނގިގެނެއް ނޫނެވެ. ބަޔަކު ނުކުރާން ވެއްޖެނަމަ ކިތަންމެ ދަލީލަކާއި ބަހަނާއެއް ކުރިމަތިކުރުވާނެއެވެ.
މިވާހަކަތައް ބަޤަރާ ސޫރަތުގެ 67 އިން 71 ވަނަ އާޔަތުގައި ކިޔައިދެއްވާފައި އެވަނީއެވެ. އެހެން ކަމުން ގެރިއެއް ކަތިލާން ﷲ އަމުރު ކުރެއްވުމުން ގެރި ނުކަތިލާން ބަނޫއިސްރާއީލު މީހުން ބަހަނާ ދެއްކިހެން ހެޔޮކަންތައްތަކަށް އަމުރު ކޮށް މުންކަރު މަނާކުރާން ޖެހުމުން އެކަންކަމުން ރެކިގަތުމަށް އަހަރެމެން މުސްލިމުން ބަހަނާ ހަދައި ޢުޛުރުދައްކައިގެން ނުވާނެއެވެ.
ސާމިރީކަލޭގެ ހެދި ގެރިއަކީ ކޮންކަހަލަ ގެރިއެއްތޯއެވެ؟
ފިރްޢަޥުނު ޣަރަޤުވެގެން ދިއުމަށްފަހު މޫސާޢަލައިހިއްސަލާމް ޠޫރުސައިނާއަށް ވަޑައިގެންނެވީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އުއްމަތަށް ތަޥުރާތު ދެއްވާތީ ތަޥުރާތުގެ ލަޥުޙުތަށް ހޯއްދެވުމަށެވެ. 40 ރެއަށްފަހު ތަޥުރާތާއިގެން ޤަޥުމުގެ މީހުން ކައިރިއަށް ވަޑައިގެންނެވި އިރު ކަމަކުދާކަށްނެތެވެ. މިބައިމީހުން މިތިބީ ގެރިއަކަށް އަޅުކަންކުރާށެވެ. އާދެ، ސާމިރީކަލޭގެ މިމީހުންނަށް ހަދައިދިން މޮނިއުމެންޓެކެވެ. މިހެން އަޅުގަނޑު ދަންނަވާން މިޖެހުނީ އެގެރީގެ ޙަޤީޤަތަށް ބަލާލައިފައެވެ. އެކަމާ ކޯފާއިސްކުރައްވަވައި މޫސާޢަލައިހިއްސަލާމް އިންކާރު ކުރެއްވުމުން ދެއްކި ޙުއްޖަތަކީ އެއީ މާގޯސްއެއްޗެއްނޫން ކަމަށެވެ. ސަބަބަކީ ފުރަތަމަވެސް އެއީ ފިރްޢަޥުނުގެ ޝާހީ ޢާއިލާގެ އަންހެނުންގެ ގަހަނާތަށް އެއްކޮށްގެން އެއްވަޅުގަނޑަކަށް އެޅުމަށްފަހު އަލިފާން އަންދައިގެން އެއްގަސްގަނޑަކަށް އޮންނާނެހެން ޖަވާހިރުން ހަދާފައިވާ އަގުބޮޑު މަޢުދަންގަޑެކެވެ. ދެން މިހަދާން ހާރޫން ޢަލައިހިއްސަލާމްއާއި ބަނޫ އިސްރާއީލުން އުޅެނިކޮށް ތިމަންނާއަށް ފެނިގެން؛ ފިރްޢަޥުނު ޣަރަޤުކޮށްލުމަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެންއިރު އިންނެވި އަސްކޮޅުގެ ފިޔަވަޅު ޖެހޭތަނުން އޭރު އާޘާރީ އެއްޗެއްގެގޮތުގައި ނަގައިގެން ގެނައި ވެލިމުށެއް އެގަހަނާތަކު ތެރަށް އެއްލައިލުމަށްފަހު ގެރިއަކަށް ވެގެން ތެދުވުމަށް ދުޢާކުރީއެވެ. އިސްރާއީލީ ބައެއް ރިވާޔަތުގައި ހާރޫންގެފާނުގެ އަރިހުން ދުޢާކޮށްދެއްވުމަށް އެދުނު ވާހަކަ ވެއެވެ.
ކޮންމެއަކަސް އެއެތިގަނޑުން މިއުފެއްދީ މަޢުދަނުގެ އަގުބޮޑު އާޘާރީ ގެރިއެކެވެ. މިއީ މޮނިއުމަންޓެއްނޫންތޯއެވެ؟
ޝައްކެއްވެސް ނެތެވެ. މިއީ ހަމަ ބަނޫއިސްރާއީލުމީހުން އަޅުކަންކުރަން ސާމިރީހެދި މޮނިއުމެންޓެވެ. އާޘާރީ އެއްޗެއްވެސް މެއެވެ. ޖިބްރީލް ޢަލައިހިއްސަލާމްގެ ސަވާރީގެ މޮއްގަނޑުޖެހުނު ތަނުގެ ވެލި ބޭނުންކޮށްގެން ރަނާއި ޖަވާހިރުން ތައްޔާރުކުރެވުނު ސްޓެޗޫ އެކެވެ. ބުދަކީ ދެންކޮންއެއްޗެއް ހެއްޔެވެ.
"ޝައްކެއްވެސް ނެތެވެ. މިއީ ހަމަ ބަނޫއިސްރާއީލުމީހުން އަޅުކަންކުރަން ސާމިރީހެދި މޮނިއުމެންޓެވެ. އާޘާރީ އެއްޗެއްވެސް މެއެވެ. ޖިބްރީލް ޢަލައިހިއްސަލާމްގެ ސަވާރީގެ މޮއްގަނޑުޖެހުނު ތަނުގެ ވެލި ބޭނުންކޮށްގެން ރަނާއި ޖަވާހިރުން ތައްޔާރުކުރެވުނު ސްޓެޗޫ އެކެވެ. ބުދަކީ ދެންކޮންއެއްޗެއް ހެއްޔެވެ."
އާދެ! ޝިރުކުގެ ވަސީލަތްތަކާއި އިދިކޮޅަށް ނިކުތުމަށް އިންކާރުކުރުމުގެގޮތުން ބަހަނާހަދާ މިފަދަބަޔަކަށް އަޅުގަނޑުމެންވެގެން ނުވާނެއެވެ. އަޅުގަނޑުމެންވާންވާނީ އެންމެހާ ޝިރުކުން ބަރީއަވުމަށް މަސައްކަތްކުރާ ތަޥުޙީދުގެ މަތީގައި ޘާބިތުވެތިބޭ ، އިބްރާހީމް ޢަލައިހިއްސަލާމް ގެ ނަމޫނާ އިޚްތިޔާރު ކުރާމީހުންގެ ތެރެއިންވާ ބަޔަކަށެވެ.
(عَنْ أَبِى الْهَيَّاجِ الأَسَدِىِّ قَالَ قَالَ لِى عَلِىُّ بْنُ أَبِى طَالِبٍ أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِى عَلَيْهِ رَسُولُ اللَّهِ -صلى الله عليه وسلم- أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ ). رواه مسلم والنسائي والبزار والحاكم
"އަބޫ ހައްޔާޖުލް އަސަދީގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާއަށް عَلِىُّ بْنُ أَبِى طَالِبٍ ވިދާޅުވެފައިވެއެވެ. އެކަމަކާއިގެން ސަލާމާއި ޞަލަޥާތްލެއްވި ﷲގެ ރަސޫލާ ތިމަންނާ ފޮނުއްވާފައިވާ ކަމަކާއިގެން ކަލޭ ނިކަން އަހުރެން ފޮނުވަންހެއްޔެވެ؟ އެއީ ސްޓެޗޫއެއް (މޮނިއުމެންޓެއް) ހުރިއްޔާ އޭތި ހިމުންނުކޮށް ދޫނުކޮށް ނުލުމަށާއި، އުސްކޮށް ބިނާކުރެވިފައިވާ ޤަބުރެއްވިއްޔާ ބިމާ އެއްވަރު ނުކޮށް ނުބެހެއްޓުމަށެވެ."
نعوذ بالله من الشرك وسائله والله المستعان وهو المولى وهو الوكيل
(يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا (70) يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا) سورة الأحزاب
"އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ސީދާ ބަސް ބުނެވީއްލާށެވެ. އޭރުން ތިޔަބައިމީހުންގެ ޢަމަލުތަށް އެކަލާނގެ އިޞްލާޙް ކޮށްދެއްވައި ފާފަތަށް ފުއްސަވައިދެއްވާނެތެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާމީހާ ބޮޑުވެގެންވާ ކާމިޔާބަކުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ."
"قُلْ إِنَّنِي هَدَانِي رَبِّي إِلَى صِرَاطٍ مُسْتَقِيمٍ دِينًا قِيَمًا مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ () قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ () لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ"
هذا و سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لا إِلَهَ إِلا أَنْتَ ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
(ނިމުނީ)

















ހަގީގަތަކީ މިބައިމީހުން ހައްގައް އިންކާރުކުރުން އޭގެ ސަބަބުން މިބައި މީހުންގެ ހެޔޮވިސްނުންﷲސުބުހާނަހޫ ވަތައާލާގެންދެވުން އެހެންވުމުން މީހަކުދޭ ހެޔޮނަސޭހަތެއް މިބައިމީހުންގަބޫލެއްނުކުރާނެ އެހެންވެ މިބުނަނީ މިކަލޭގެ އިގިރޭސިވލާތުގަ ދިރިރި އުޅުނީ ބާމިންހަމުގަ ހުރިހާޑިްން ހަމުގެ ފައްޅީގަ މުސްލިމަކައް ފައްޅިީގަދިރި އުޅެވިދާނެތަ މިކަންގަބޫލުކުރަން ދަތި ހާޑިންހަމު އަކީ އޮރިޖިން ޔަހޫދީއެއް މަންމައަކީ ޔަހޫދީއެއް މިސަރުކާރު އެއް އެޑުވައިޒަރ ތޯމަސްއަކީ ވެސް ޔަހޫދީއެއް މިބައިމީހުން ނައްމުސާރަދެނީ ދިވެހިރަށްޔަތުން