އަރަބިދުނިޔެދިއިސްލާމްދުނިޔެ

ސައޫދީގެ މެހެމާންދާރީއަށްޓަކައި ޙައްޖުވެރިންގެ ހިތްތައް ފޮޅިފައި

ފޮޓޯ : އަރަބް ނިއުސް

ފޮޓޯ : އަރަބް ނިއުސް

އަހަރުތެރޭ އަންނަ މުސްލިމުންގެ އެންމެ ބޮޑު އެއްވުމުގައި ފޯރުކޮށްދިން ފުރިހަމަ ޚިދުމަތާއި އިންތިޒާމުތަކަށްޓަކައި ޙައްޖުވެރިން ސަޢޫދީ ސަރުކާރާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފިއެވެ.

މީގެ ކުރިން ޙައްޖަށް އައިސްފައިވާ ބައެއް ޙައްޖުވެރިން ހާމަކުރިގޮތުގައި މިދިޔަ ދުވަސްތަކުގައި ޙަރަމްފުޅާއި މުސްލިމުންގެ މުޤައްދަސް ތަންތަނުގެ ޢުމްރާނީ ތަރައްޤީއަށް ސައޫދީ ސަރުކާރުން ޚަރަދުކުރެއްވި އެތައް ބިލިއަން ޑޮލަރުގެ ފުރިހަމަ ފައިދާ ލިބިފައިވެއެވެ. ކުރިއާ އަޅާބަލާއިރު މިހާރު ލިބިފައިވާ ތަރައްޤީ ވަރަށް ބޮޑުކަމަށާއި އެހެން ކަމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށްވެސް ބައެއް ޙައްޖުވެރިން ބުނެފައި ވެއެވެ. އަދި އެކަމަށްޓަކައި ދެޙަރަމްގެ ޚާދިމް ރަސްގެފާނު ޢަބްދުﷲ އާއި ވަލީ އަޙްދު ޕްރިންސް ނާއިފް އަދި ސައޫދީ ސަރުކާރާއި ރައްޔިތުންނަށް ޙައްޖުވެރިންވަނީ  ޢަރަފާތު ބިމުގައިވެސް ހެޔޮ ދުޢާ ކޮށްފައެވެ.

މީގެ ތެރެއިން އެކަކީ ކެންޔާގެ މުސްލިމެއް ކަމަށްވާ އައްޔޫބު އުޘްމާނެވެ. އަލަށް ހަދާފައިވާ މަޝާއިރު ރޭލުން މުޒްދަލިފާއިން މިނާއަށް އައިތާ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ އަރަބްނިއުސް އާ ވާހަކަ ދެއްކިއެވެ. "މިއީ ޤަބޫލުވެސް ނުކުރެވޭފަދަ ކަމެއް. މީގެ އަށެއްކަ އަހަރު ކުރިން އަހަރެން މިތަނަށް އައިން. އޭރު އެންމެންވެސް ވާހަކަ ދައްކާނީ ފިތި ބާރުވެގެން މީހުން މަރުވުމާއި، ޓްރަކްގައި އެތައް ގަޑިއިރެއް ހޭދަވާ ވާހަކަ. ހަނދާންވާ ގޮތުން ޢަރަފާތު ބިމުން މުޒްދަލިފާއަށް ދާންވެސް ހަތް ގަޑިއިރު ނެގި. އަހަރެމެން އެކިއެކި ކޮޅުކޮޅަށް ދުވަން ފެށުމުން ޑްރައިވަރުވެސް ހުރީ ހަދާނެގޮތެއް ނޭނގިފަ. އެންމެފަހުން އަހަރެމެން މިނާ އަށް ބޭލުމަށްފަހު ޑްރައިވަރު ފިލައިފި. ދެން އަހަރެމެން ޖެހުނީ އަނެއްކާ ހިނގާފައި މުޒްދަލިފާ އަށް ގޮސް ހިލަ އުކަން ހިލަ ހޯދަން"

"އެއީ އެކަމަކު އޭރުގެ ކަންތައްތައް ހުރިގޮތް. މިހާރު މިއޮތީ ހުރިހާ ކަމެއް ބަދަލުވެފައި. ކާކު ޤަބޫލުކުރާނީ އަހަރެމެންނަށް ރޭލުގެ ޚިދުމަތް ލިބޭނެއޭ. މިތާނގައި މީހުން މިހާ ބޮޑަށް ތޮއްޖެހިފަ އޮތްއިރު ރޭލްގެ ޚިދުމަތް ލިބިދާނެކަމަށް. މަތިން މިދުއްވާ ރޭލްތަކޯ؟ އެއީ މިހާރުގެ ބޮޑު ޢަޖައިބެއް. އަހަރެން ހުރިން މިނާ ފަހަނައަޅައި ޢަރަފާތަށް ރޭލް ދަތުރުކުރަމުންދިޔައިރު އާޝޯޚްވެފައި ބަލަހައްޓައިގެން." އުޘްމާން އޭނާގެ ތަޖްރިބާ ހިއްސާ ކުރިއެވެ.

ޕާކިސްތާނުގެ ޙައްޖާޖީއެއް ކަމަށްވާ މުޙައްމަދު ޢިމްރާން ބުނިގޮތުގައި ސައޫދީ ސަރުކާރަށް ވަރަށް ބޮޑު ޝުކުރެއް ޙައްޤުވެއެވެ. "އެތައް ބިލިއަން ރިއާލްގެ ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގުމަށް ސައޫދީ ސަރުކާރުން ފަސްނުޖެހޭ. އުއްމަތަށް އެމީހުން އެކޮށްދޭ ޚިދުމަތުގެ ސަބަބުން މިއީ ދުނިޔެ މަތީގެ ސުވަރުގެއެއްކަމަށް ވެފައިމިވަނީ. ބޭރު ޤައުމުތަކުގެ ގިނަ މީހުން ހީކުރަނީ މުސްލިމުންނަކީ އެއްވެސް ކަމަކަށް ކުޅަދާނަ ބައެއް ނޫންކަމަށް. އެކަމަކު ސައޫދީ ރައްޔިތުންވަނީ އެއީ ދޮގެއްކަން ސާބިތުކޮށްދީފަ. ރޭލުގެ ޚިދުމަތަކީ އެމީހުންގެ ވިސްނުންތެރިކަމާއި ޙައްޖުވެރިންގެ ލުއިފަސޭހަކަމަށްޓަކައި އެމީހުން ވިސްނާވަރު ހާމަކޮށްދޭ ލާމަސީލު މިސާލެއް"

ޢިމްރާން ބުނި ގޮތުގައި އޭނާގެ މައިންބަފައިންގެ ހެޔޮ ދުޢާތައް ސަޢޫދީ ޢަރަބިއްޔާއާއެކު އަބަދުވެސް ވެއެވެ. "މިއީ އިސްލާމުންގެ ކިއްލާއެއް. އެހެންކަމުން މިޤައުމު ކުރިއެރުމަކީ އެތައްބައެއް ހިތްހަމަނުޖެހޭނޭ ކަމެއް. އެންމެންގެ ލޯތައްވެސް އަމާޒުވެފައިމިވަނީ އިސްލާމުންގެ މިޤައުމަށް.  މާތްﷲ މިޤައުމާއި މިޤައުމުގެ ރައްޔިތުން ރައްކާތެރިކުރައްވާ، އެކަލާނގެ ނިޢުމަތްތައް އިތުރުކޮށްދެއްވާށި. އަހަރެމެން، ޕާކިސްތާނު މީހުން ސައޫދީ ޢަރަބިއްޔާއަށް ވަރަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއްދެން" އުމުރުން 25 އަހަރުގެ އިމްރާން ބުންޏެވެ.

އިންޑިއާ ނަސްލަށް ނިސްބަތްވާ އެމެރިކާގެ ޙައްޖުވެރިއެއް ކަމަށްވާ ޖުނައިދު ސައްޖާދު ބުނިގޮތުގައި 3 މިލިއަން ޙައްޖުވެރިން ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ.

"މިކަންތައްތައް އިންތިޒާމު ކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް. އަދި މިއީ އެއްމެ އަހަރެއްގެ ކަމެއްވެސް ނޫން. ކޮންމެ އަހަރަކުވެސް މިކަންކުރަންޖެހޭ. ނުނިމޭ ޙަރަކާތެއްގެ ގޮތުގައި. އުނގަދޫ ކަމެއް. އެހެންނަމަވެސް، ބަލާބަލަ. ސައޫދީން އެވަނީ ޙައްޖުވެރިންނަށް ދަތިވާނެ ހުރިހާ ކަމެއް ޙައްލުކޮށް، އެމީހުންނަށް ފަސޭހަވާނޭގޮތް ހަދައިދީފައި. އަހަރެން ވަރަށް ބޮޑަށް ޙައިރާންވި. ވަރަށް ބޮޑަށް." ސައްޖާދު ބުންޏެވެ.

ނޫސްވެރިއެއްކަމަށްވާ މައުސޫމް މުރަބަބާދީ، ސައްޖާދުގެ ޚިޔާލާ އެއްބަސްވެއެވެ. "ސައޫދީ އަރަބިއްޔާއަކީ މުސްލިމް ދުނިޔެއަށް އެންމެ އެހީވެދޭ އެއް ފަރާތް. މުސްލިމް ދުނިޔޭގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް އުޅޭނަމަ، އެޤައުމުން މި މިސްރާބަށް ކުރިއަށްދޭ. އެމީހުންގެ ޙިކްމަތެރިކަމާއި ޢަމަލީ ފިޔަވަޅުތަކުގެ ސަބަބުން އެންމެންވެސް ފަޚުރުވެރިވޭ. ހުޅަނގުގެ މީޑިއާއިން ކޮންމެފަދަ އެއްޗެއްވެސް ޢާންމުކޮށްފާނެ. އެކަމަކު ސަޢޫދީ މީހުންވަނީ އެމީހުން އަމިއްލައަށް ކުރިއެރުންތައް ހޯދާފަ. މުސްލިމުންގެ ހެޔޮ ދުޢާތައް ލިބިގެންފަ. އެމީހުންގެ މެހެމާންދާރީ ވަރަށްވެސް ފުރިހަމަ. އެމީހުންވަނީ އަހަރެމެންނަށް ވަރަށް ބޮޑަށް އެހީތެރިވެފަ. މާތްﷲ އެމީހުންނަށް ރަޙްމަތްލައްވާށި" މައުސޫމް ބުންޏެވެ.

__________

މަޞްދަރު:  ޢަރަބްނިއުސް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *