ރާމައްލާގައި އިޒްރޭލުން ފަލަސްތީނުގެ 4 ޒުވާނަކު ހައްޔަރުކޮށްފިއެވެ.
އިޒްރޭލުގެ އިސްތިއުމާރީ ސިފައިން އިއްޔެގެ ވަގުތެއްގައި ރާމައްލާގެ ގެތަކަށް ވަދެ ޒުވާނުންތަކެއް ހައްޔަރުކޮށްގެން ގެންގޮސްފައިވާކަން ފަލަސްތީނުގެ ނޫސްތަކުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ވަކި ސަބަބެއް އެންގުމެއް ނެތި ހައްޔަރުކޮށްފައިވާ މިޒުވާނުންނާއި ބެހޭ މައުލޫމާތު މިހާތަނަށް ލިބިފައިނުވާކަމަށްވެސް ހަބަރު ލިބެއެވެ.
ކޮންމެ ދުވަހަކުވެސް އިޒްރޭލުގެ ސިފައިން ދަނީ ފަލަސްތީނުގެ ގެދޮރުތަކަށް ވަދެގަނެ ތަފާތު ޖަރީމާތައް ހިންގަމުންނެވެ. މިކަމާއި މެދު މުޅި ދުނިޔެވަނީ 'ލޯކަނު'ވެފައެވެ.

















ޚިޔާލު