އިޒްރޭލުން 20 ފަލަސްތީނީން ހައްޔަރު ކޮށްފިއެވެ.
އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ 20 މީހުން ހައްޔަރުކޮށްފައިވަނީ ހިބްރޫނުން ކަމަށް ހަބަރުތަކުން ބުނެއެވެ. ފަލަސްތީނުގެ އެތެރޭގެ މީޑިއާތަކުން ހާމަކުރާގޮތުގައި އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ބަޔަކު ގޭގައި ތިއްބާ ހައްޔަރުކޮށް އެމީހުން ގެތައް ފާސްކުރުމަށްފަހު ހައްޔަރުކުރި މީހުންނަށް އަނިޔާކޮށްފައިވާކަމަށެވެ.
މަންޒަރު ދުށް މީހުން ފަލަސްތީނުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި 'އިޒްރޭލު ސިފައިންގެ 40 އަށްވުރެ ގިނަ ވެހިކަލް އައިސް ހައްޔަރުކުރި މިމީހުންގެ ތެރޭގައި ގިނައީ އެއް އާއިލާއެއްގެ މީހުންކަމަށާއި އިޒްރޭލު ސިފައިން އެގެއަށް ވަދެގަނެ އެކުރި ކަމެއްގެ ތެރޭގައި ބަޑީގެ އަޑުވެސް އިވިފައިވާ'ކަމަށެވެ.
ފަލަސްތީނުގެ ގާޒާ އަކީ ބައެއް މީހުން ސިފަކުރާގޮތުގައި 'ޖަލެއް'ކަމުގައެވެ. ބޭނުން އިރަކު ގާޒާގެ މީހުންނަށް އިޒްރޭލު ސިފައިންނަށް ސުވާލުކުރެވި އަނިޔާކުރެވެމުންދެއެވެ. ތަހުޒީބުވެފައިވާ ޒަމާނެއްގައި ފަލަސްތީނުގެ ރައްޔިތުންނަކީ އިޒްރޭލުގެ އަޅުން ފަދައިން އެމީހުން ދެކޭ ކަހަލައެވެ.

















ޚިޔާލު