
އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ހިންގާ އިސްލާމިކް ޝެއަރ ފަންޑެއް ހުޅުވުމަށް އޮސްޓްރޭލިއާގެ ކުންފުންޏަކުން ނިންމައިފިއެވެ. ކްރެސެންޓް އޮސްޓްރޭލިއަން އިކުއިޓީ ފަންޑުގެ ނަމުގައި ހުޅުވޭ މިފަންޑުގެ ސަބަބުން އިޖްތިމާޢީ މަޞްލަޙަތުތައް ރައްކާތެރިކުރެވޭގޮތަށް އިންވެސްޓްކުރުމުގެ ދޮރު ހުޅުވިގެންދާނެކަމަށް މިފަންޑު ހިންގުމުގެ އިސްފަރާތްތަކުން ދެކެއެވެ. އިސްލާމީ ހަމަތަކާއި އެއްގޮތަށް ކުރެވޭ އިންވެސްޓްމަންޓްކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަން ފާހަގަކުރައްވަމުން، މިހާތަނަށް އެފަދަ ފުރުޞަތެއް އޮސްޓްރޭލިއާއަށް ލިބިފައިނުވާކަންވެސް އެބޭފުޅުން ފާހަގަކުރައްވައެވެ.
އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ހިންގޭ މިފަދަ ފަންޑަކުން މަސްތުވާތަކެއްޗާއި، ހަތިޔާރު އުފެއްދުމާއި، އޮރިޔާން ފިލްމުގެ އިންޑަސްޓްރީ އަދި ޖުވާކުޅުންފަދަ ޝަރީޢަތް ނަހީކުރާ އެއްވެސް އިންޑަސްޓްރީއެއްގައި އިންވެސްޓެއް ނުކުރާނެއެވެ.
އިންޓަރެސްޓް ނުވަތަ ރިބާގެ ބަދަލުގައި މިފަދަ ފަންޑެއްގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރީގެ ފައިދާ ބަހާނެއެވެ.
މި ފަންޑު ހުޅުވުމައިގައި މިފަދަ ފަންޑުތައް ހިންގުމުގެ 10 ފަރާތުން ބައިވެރިވެއެވެ. އަދި މިއީ ވަރުގަދަ އިންޑަސްޓްރީއެއްގެ ފެށުންކަމަށްވެސް އެފަރާތްތަކުން ހާމަކުރައްވައެވެ. އަދި އޮސްޓްރޭލިއާގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ތަނަވެސްވެގެންދާނެކަމަށްވެސް އެބޭފުޅުން ދެކިލައްވައެވެ.
މަޞްދަރު: ހެރަލްޑްސަން

















ޚިޔާލު