ގޫގުލްގެ ޖީމެއިލް މެދުވެރިކޮން ހިލޭ އެސްއެމްއެސް ފޮނުވޭނެއެވެ. ދުނިޔޭގެ ވަރަށްގިނަ ގައުމުތަކަށް މިހިދުމަތް ލިބޭއިރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ވަތަނިއްޔާގެ ނަންބަރުތަކަށްވެސް މިހިދުމަތް މިހާރު ލިބެއެވެ. ދިރާގަށް މިޙިދުމަތް އަދި ނުލިބެއެވެ.
މިޙިދުމަތް ބޭނުން ވާނަނަމަ ޖީމެއިލްގެ SMS (text messaging) in Chat އެނޭބަލް ކުރަންޖެހެއެވެ. އެއިރަށް ސެންޑް އެސްއެމްއެސް ކިޔާފަ ކުޑަ ޖާލީއެއް އަރިމަތިން ފެންނާނެއެވެ. އެގޮޅީގައި ފޮނުވަން ބޭނުންވާ ނަންބަރު ޖެހުމަށްފަހު ސޭވްކޮއްލާށެވެ. ރާއްޖޭގެ ނަންބަރަކަށް ފޮނުވަން ބޭނުންވާނަމަ ކުރިއަށް 960 ޖަހަންވާނެއެވެ. ދެން ސޭވް ކޮއްފައިވާ ނަންބަރުތަށް އެޑްކޮއްފައިވާ ކޮންޓެކްޓް ތަކާއިއެކު ފެންނާނެއެވެ. އެތަނުން ފޯނު އައިކަން ނެގުމުން ޗެޓް ކުރާގޮތަށް ތިރީކަނަށް އިތުރު ޖާލީއެއް ހުޅުވޭނެއެވެ. ދެން ބޭނުންވާ ޢިބާރާތް ލިއުމަށްފަހު ސެންޑް އަށް ފިތާލާށެވެ. ފޯނުން ޖަވާބުދީފިނަމަ ހަމަ އެ ޗެޓް ލޮގް އަށް ޗެޓް ކުރާއިރުވާ ގޮތަށް އިތުރުވަމުން ދާނެއެވެ.
މިހާރު ޗެޓްލޮގް ތިރިން ހިލޭ ފޮނުވެން ހުރި އެސްއެމްއެސް ގެ އަދަދު ފެންނާނެއެވެ. މި ޙިދުމަތް ފެށުމުން 50 މެސެޖް ހިލޭ ލިބޭނެއެވެ. ހިލޭ ކޮންމެ ދުވަހަކަށް ލިބޭނީ 1 އެސްއެމެއެސް އެވެ. މީގަ ސަޅިކަމަކީ އެސްއެމްއެސް އަށް ޖަވާބުދީ ރިޕްލައިކޮއްފި ނަމަ އިތުރަށް 5 އެސްއެމްއެސް ލިބެއެވެ. މިގޮތަށް އިތުރުވާނީ 50 މެސެޖަށެވެ. ފޯނުން ރިޕްލައި ކޮއްފިނަމަ ވަތަނިއްޔާއިން އެސްއެމްއެސްއަކަށް އަގުނަގާވަރު ފޯނުން އުނިވާނެއެވެ. މި ޙިދުމަތަށް ގޫގުލްއިން އެއްވެސް އަގެއް ނުނަގާނެއެވެ.
މިދާކަށްދުވަހު ގޫގުލްގެ ސޯސިއަލް ނެޓްވޯރކިންގެ ސައިޓް ގޫގުލް + އަށް މިޙިދުމަތް އިތުރު ކުރާނެކަމަށް ލަފާކުރެވެއެވެ.
















މަވެސް ވަތަނިއްޔާ
ވަރައް ފައިދާ ހުރި މައުލޫމާތު ކޮޅެށް. އަޅުގަނޑުމެންކަހަލަ ގައުމުން ބޭރުގަ އުޅޭ ފަރާތްތަކަށް.
ވަރައް ސަޅި