ދުނިޔެ

އޮމާންގެ ފުރަތަމަ އިސްލާމިކް ބޭންކް ހުޅުވެނީ

ލިޔުނީ: ހުސެއިން ރަޝީދު

ހަމައެކަނި އިސްލާމީ މާލީ މުޢާމަލާތްތަކަށް ޚާއްޞަކޮށް އޮމާންގައި ހުޅުވޭ ފުރަތަމަ ބޭންކް ކަމަށްވާ ބޭންކް ނިޒްވާން، މިއަހަރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭނެކަމަށް އެޤައުމުގެ މަރުކަޒީ ބޭންކާއި ޙަވާލާދީ އެޤައުމުގެ ނޫހަކުން ހާމަކޮށްފިއެވެ.

މިދިޔަ މޭމަހު ހިންގުމުގެ ހުއްދަ ލިބިފައިވާ މިބޭންކްގެ ޚިދުމަތްތައް ފަށައިގަންނައިރު ރައުސުލްމާލްގެ ގޮތުގައި 150 މިލިއަން ރިއާލް (389.6 މިލިއަން އެމެރިކާ ޑޮލަރު) ހުންނާނެއެވެ. މިބޭންކް ހުޅުވުމަށްފަހު ބޭންކްގެ 40 އިންސައްތަ ޙިއްސާ ޢާންމުންނަށް ވިއްކަން ހަމަޖެހިފައިވެއެވެ. އެހެންނަމަވެސް ޢާންމުންނަށް ޙިއްސާ ވިއްކަން ފަށާނެ ތާރީޚެއް ހާމަކޮށްފައި ނުވެއެވެ.

ބޭންކްތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތައް ހިފަހައްޓަންޖެހޭ ބައެއްކަމަށް ބުނެ، އިސްލާމިކް ފައިނޭންސް ނުވަތަ މާލީ ނިޒާމަށް އޮމާނުންވަނީ މީގެ ކުރިން ފުރަގަސްދީފައެވެ. އެހެންކަމުން، އިސްލާމީ މާލީ ދާއިރާގައި އެޤައުމުގެ އަވަށްޓެރި ގަލްފްގެ ޤައުމުތައް ކުރިއަރައިދިޔައިރު އޮމާނުން އޮތީ ކަންތައްތައް ވަމުންދާގޮތް ބަލާށެވެ. އެހެންނަމަވެސް، މިދިޔަ މޭމަހު މި ނިންމުން އަނބުރާ ގެންގޮސް، އެޤައުމުގައިވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ހިންގާ ބޭންކްތަކަށް އޮމާނުންވަނީ މަރުޙަބާ ކިޔަން ފަށައިފައެވެ.

ޝަރީޢަތާއި އެއްގޮތަށް ހިންގާ ބޭންކެއް ނެތުމުގެ ސަބަބުން އޮމާނުގެ ވަރަށް ގިނަ އިންވެސްޓަރުން އެހެން ޤައުމުތަކަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި މިފަދަ ބޭންކެއް ހުޅުވުމުން، އިންވެސްޓަރުންގެ ފައިސާ ޤައުމުގެ ތެރޭގައި ހިފެހެއްޓިގެންދާނެކަމަށް އޮމާނުން އުންމީދުކުރެއެވެ. -ރޮއިޓާސް-

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ