އަރަބިދުނިޔެ

މިސްރުގެ %91 ރައްޔިތުން އިޒްރޭލާއި ގުޅުން ބާއްވަން ނުރެހޭ - ރިޕޯޓް

ލިޔުނީ: އައިޝާ ޝަހޫ

މިސްރުގެ %91 ރައްޔިތުން އިޒްރޭލާއި ގުޅުން ބާއްވަން ނުރެހޭ ކަމަށް ދާދިފަހުން ނެރުނު ރިޕޯޓަކުން ބުނެފިއެވެ.

ރިސާރޗް ގްރޫޕަކުން މިސްރުގައި ކުރި ސާރވޭއަކުން ދައްކާފައިވާ ގޮތުގައި މިސްރުގެ 91 އިންސައްތަ ރައްޔިތުން އިޒްރޭލާއި ގުޅުން ބާއްވަން ނުރުހޭ ކަމަށެވެ. އަދި 61އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި މިސްރުން އެމެރިކާއާއި ގުޅުން ބަދަހި ކުރަން ޖެހޭނެ ކަމަށެވެ. މިސްރުގެ ވެރިކަމުން ހުސްނީ މުބާރަކް ބޭލި ހިސާބުން ފެށިގެން އިޒްރޭލާއި މިސްރުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އޭގެ ހެއްކެއްގެ  ގޮތުގައި ފަލަސްތީނާއި މިސްރު ގުޅުވައިދޭ ބޯޑަރު ހުޅުވާލުން ފާހަގަ ކުރެވެއެވެ.

މިސްރުގެ ގިނަ ބަޔަކު އިޒްރޭލާއި ގުޅުން ބަދަހި ކުރަން ބޭނުން ނުވާއިރު ދުނިޔޭގެ ގިނަ ޤައުމުތަކުން އިޒްރޭލާއި ގުޅުން ބަދަހިކުރަން ފަސްޖެހެއެވެ. ހާއްސަ ގޮތެއްގައި ސިޔާސީ ގުޅުން ބާއްވަން ފަސްޖެހެއެވެ. ސަބަބަކީ 'އިތުބާރު'ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *