ބޯއީ ސްކައުޓް އޮފް އެމެރިކާގެ މާސްޓާރއެއް ކުރީގެ ސްކައުޓަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދައުވާކޮށްފިއެވެ.
ނަން ހާމަކޮށްފައިވާ ނުވާ އެމެރިކާގެ 37 އަހަރުގެ ކުރީގެ ސްކައުޓްގެ ދައުވާ އަކީ 'އުމުރުން 11 އަހަރާއި 12 އަހަރާއި ދެމެދު އޭރުގެ ސްކައުޓް މާސްޓަރުން ފަސް ފަހަރެއްގެ މަތިން އޭނާއާއި ޖިންސީ ގޯނާ ކޮށްފައިވާކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުގައި ބޯއީ ސްކައުޓް އޮފް އެމެރިކާގެ ފަރާތުން އޭނާއަށް 29 މިލިއަން ޑޮލަރު ނަގައި ދިނުމަށެވެ.'
ސަކައުޓް މާސްޓާރގެ ޖިންސީ ޝިކާރައަކަށް މީގެކުރިން ވެފައިވާ މިހާރުގެ ބޮޑު މީހެއްގެ ގޮތުގައި މާސްޓަރުންނާއި ދެކޮޅަށް ދައުވާ އުފުލަމުން އޭނާ ބުނާ ގޮތުގައި ސްކައުޓް މާސްޓަރުންގެ ޖިންސީ ހާނިއްކަތަކައި އާންމުކޮށް ކުރިމަތިލާންޖެހޭ ކަމަށެވެ. މިމައްސަލައާއި ގުޅިގެން 'ޖިންސީ އަނިޔާ ލިބިފައިވާ ކުދިންގެ' ރިޕޯޓްތައް ނަގަމުންދާކަމަށް ނޫސްތަކުން ބުނެއެވެ. ގިނަ ބަޔަކު ބުނާގޮތުން ސްކައުޓް ހަރަކާތުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ވަރަށް ބޮޑު ވެފައިވާކަމަށެވެ. 'ކޭމްޕް'ތަކުގައި ރަށްބޭރަށް ނުކުމެ ރޭގަނޑާއި ދުވާލު ބަނޑަހަގެ ޖަހައިގެން ކުރާކަމަކީ 'އެއީ' ކަމުގައިވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ބޯއީ ސްކައުޓް އޮފް އެމެރިކާގެ މާސްޓާރއެއް ކުރީގެ ސްކައުޓަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން 'ސްކައުޓް މާސްޓަރުން' ގެ ޝިކާރައަކަށްވެފައިވާ ޅަ ފިރިހެން ކުދިންވެސް ދަނީ ފެންމަތިވަމުންނެވެ.
ޚިޔާލު