ރާއްޖޭގެ ޚަބަރު

'މުސްލިމް އޮފް ރަޝިއާ'ގެ ނަމުގައި ފޮޓޯ މައުރަޒެއް މިއަދު ފަށައިފި

ލިޔުނީ: އައިޝާ ޝަހޫ

'މުސްލިމް އޮފް ރަޝިއާ'ގެ ނަމުގައި ފޮޓޯ މައުރަޒެއް މިއަދު ފަށައިފިއެވެ.

މާރޗް 31 އިން  އޭޕްރީލް 3 އަށް އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މިމައުރަޒަކީ ރަޝިޔާގެ އިސްލާމީވަންތަކަން ދައްކައިދިނުމަށް ބާއްވާ މައުރަޒެއްކަމަށް ދިއިސްލާމްއަށް ވަނީ މައުޟޫމާތު ލިބިފައެވެ. ރާއްޖޭގައި ހުންނަ ރަޝިއަން ފެޑެރޭޝަން އެމްބަސީއިން އިންތިޒާމްކުރާ މިމައުރަޒަކީ އިސްލާމިކް އެފެއާރޒްއާއި ގުޅިގެން ކުރިއަށްގެންދާ މައުރެކެވެ.

މިއަދު ހެނދުނު 10 އިން 12 އަށް އަދި މެންދުރުފަހު 14.30 އިން 18.00 އަށް އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މިމައުރަޒުގައި 'ރަޝިއާގައި އިސްލާމް ދީނުގެ ދަންމަރު ފެތުރިފައިވާ މިންވަރު' ހާމަވެގެންދާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *